ބީއެމްއެލް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ލިމިޓް 250 ޑޮލަރަށް ކުޑަކޮށްފި

މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަމުގައި ކަނޑައަޅައިފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ގައުމުތަކާ އެއްފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް މިވަނީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިވެފައިކަމަށެވެ. އަދި ފަތުރުވެރިކަމުގެ ޞިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް މިވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައިކަމަށެވެ.

"ދާދި ފަހުން އެމްއެމްއޭ އިން ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް .ވިޔަސް، ޑޮލަރުގެ ލިކިއުނިޓީ ދެމެހެއްޓުމަށްޓަކައި މިވަނީ އިތުރު ފިޔަވަޅު އަޅަން ޖެހިފައެވެ. ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަން ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މަޖުބޫރު އެހެނަސް .ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މިވަނީ އަޅަންޖެހިފައެވެ."ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ،  މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައެޅިފައިވާކަމަށެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިފައިކަމަށާއި، މި މި އަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތައްކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް ބުނީ، އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން .ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެކަމަށާއި، އަދި މި ގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

" މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ދަންނަވަމެވެ މި ބަދަލާ ގުޅިގެން ބޭންކުގެ %95 ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެ އެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން ޖެހުނު ވަގުތީ ފިޔަވަޅެކެވެ. ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން ރުޖޫއު ކުރާނެ އެވެ."ބީއެމްއެލް އިން ނެރެފައިވާ ނޫސްބަޔާނުގައިވެއެވެ.

ބިއެމް އެލްއިން އިތުރަށް ބުނެފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަނީ މިހާތަނަށް ދިވެހިރާއްޖޭގެ އިތުރުން ދުނިޔެވެސް ނުދެކޭފަދަ އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިކަމަށާއި އަދި ޑޮލަރ ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ ދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކެނޑިނޭޅި މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި ގައުމީ ބޭންކުގެ ގޮތުގައި މިދަތި ހާލަތުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން .އަރުވާކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ