އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު - ފޮޓޯ: ޕީއެސްއެމް

އެންއީއޯސީގައި މަސައްކަތްކުރަން އޮޑިޓް އޮފީހަށް ދައުވަތު ދިނިން، ޤަބޫލެއް ނުކުރި: އެންޑީއެމްއޭ

އެންއީއޯސީގައި މަސައްކަތްކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދައުވަތު ދީފައިވާނެ ކަމަށާއި، އެ ދައުވަތު އެ އޮފީހުން ޤަބޫލުުފުޅު ކުރައްވާފައި ނުވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން މިހެން ވިދާޅުވީ، އެ އޮތޯރިޓީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، އެންއީއޯސީގައި ވަކި ސެލް އެއްގެ ގޮތުގައި، ދަރުބާރުގޭގައި މަސައްކަތްކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް، އެންޑީއެމްއޭގެ ފަރާތުން ރަސްމީކޮށް ލިޔުމުން ދައުވަތު ދީފައިވާ ކަމަށާއި، ނަމަވެސް އެ ދައުލަތު އޮޑިޓް އޮފީހުން ޤަބޫލުފުޅު ކުރައްވާފައި ނުވާކަމަށެވެ.

މިފަދަ ދައުވަތެއް އޮޑިޓް އޮފީހަށް ދީފައިވަނީ މިފަދަ ބޮޑު ކާރިސާއެއް މެނޭޖްކުރާއިރު، މިފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތައް ދޮގުކޮށް، އެކަންކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ހާމަވެސް ކޮށްފައެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ވާނަމަ، އެ ފައިސާއެއްވެސް މިހާރު ދައުލަތަށް ހޯދާފައިވާކަމަށް އެ އޮތޯރީޓީން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، މިފަދަ ބޮޑެތި މަސައްކަތްތައް އޮޑިޓްކުރުން އެއީ މުހިންމު ކަމެއް ކަމަށާއި، އެއީ ކުރިއަށް އޮތްތަނުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ލިބުނު ފުރުޞަތެއް ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓް ނެރުނުއިރު އެކަށީގެންވާ މިންވަރަށް ހުރިހާ ކަމަކަށް ބައްލަވާފައި ނުވާތީ ހިތާމަކުރައްވާކަމަށް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ