ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާާމް ވިދާޅުވީ، ޔައުޤޫބުގެ މައްސަލަ ސުޕްރީމް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށެވެ.
ޔައުގޫބުގެ މެންބަރުކަމާއި މެދު ސުވާލު އުފެދިފައިމިވަނީ، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.
"ދާންދޫ ދާއިރާގެ މެންބަރު ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ މެންބަރެއްގެ ގޮތުގައި ހިމެނިގެން ނުވާނެ. އެއީ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރެއްވިކަމެއް." ޝިޔާމް ވިދާޅުވިއެވެ.
މާއްކޫ އޮޑިޓަރައްކޫ ! @Yaugoob181 ގޮނޑި ގެއްލިއްޖެ! https://t.co/V8bkQgjdrq
— ???? ?? (@The_TeamAF) September 16, 2020
ޤާނޫނު އަސާސީގައި ވާގޮތުންނަމަ، ރައްޔިތުން މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ވަޒީރުން މަޖިލީހުގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ވަޒީރުންގެ ނާއިބު ކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް މަގާމަކާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމެއް ނުވަތަ މުސްތަގިއްލު މަގާމެއް ސިވިލް ސާވިސްގެ މަގާމެއް އަދާ ކުރުމަކީ މަނާ ކަމެކެވެ.
ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމުން ޔަޢުޤޫބުވަނީ ފަހުން އިސްތިއުފާދެއްވާފައެވެ. އަދި އިސްތިއުފާ ދެއްވާފައިވަނީ އެ މައްސަލާގައި އޭނާ އަށް ލަފާ އެރުއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން ކަމަށްވެސް ޔައުގޫބު ވަނީ ވިދާޅުވެފައެވެ.
ޔައުޤޫބު ފާހަގަވެގެން ގޮއްސައިވަނީ މަޖިލީހަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރޭގައި ޕީއެސްއެމް އިން ބޭއްވި ބަހުސްގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ގަދަޔަށް މަސައްކަތް ކުރައްވާނެ ކަމަށް ބަހުސްގައި ތަކުރާރުކޮށް ވިދާޅުވި ކެނޑިޑޭޓެއްގެ ގޮތުގައެވެ.
މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން މިއީ މެންބަރެއްގެ ގޮނޑީގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ.



