ރ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 13 ސެޕްޓެމްބަރ 2020 ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެވިފައިވަނީ 26 އޯގަސްޓް 2019 ގައެވެ. ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 1,870 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮއްޓެއްލުން ހިމެނެއެވެ.
ރ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމިއްޖެ
ޕްރެސް ރިލީޒް:https://t.co/GdBRBmfXzr pic.twitter.com/2DF9A0slEX
— MTCC Plc (@MTCCPlc) September 17, 2020
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މިގޮތުން 47 މަޝްރޫޢެއްގެ މަސައްކަތް މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީން ކުރިއަށް އެބަގެންދެއެވެ. އަދި ރ. އަތޮޅުގައި 4 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ .




