ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ ތިލަފުށި ބޯޓް ޔާޑް އާންމު ޚިދުމަތައް ހުޅުވާލައިފި

ކ. ތިލަފުށީގައި އެމްޓީސީސީން ހިންގާ ބޯޓު ޔާރޑުގެ މަސައްކަތް އަލުން އާންމު ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުން ހުއްޓާލެވިފައިވާ އެމްޓީސީސީ ގެ ބޯޓު ޔާރޑުގެ ޚިދުމަށް 20 ސެޕްޓެމްބަރ 2020 އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށާއި އެގޮތުން ބޯޓު ޔާޑު އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަނީ ނިމި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށްވެސް އެކަށައެޅިފައިކަން އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އެމްޓީސީސީ ގެ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކޮށް ހިންގަމުންދާ އެމްޓީސީސީ ގެ ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ. 2017 ވަނަ އަހަރު ޚިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު، އެމްޓީސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ.

ހަމަ އެއާއިއެކު ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތު ބޮޑުވަމުން ދާއިރު، ކަނޑުގައިދުއްވާ އުޅަނދުތައް ގެންގުޅޭ ފަރާތްތަކުގެ، އިތުރުވަމުންދާ ބޭނުންތަކާ އެއްހަމައެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް، އެމްޓީސީސީ ގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށާއި އެމްޓީސީސީ ގެ ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް އެއްތަނަކުން ފޯރު ކޮށްދިނުމުގެ މަޤްޞަދުގައި އެމްޓީސީސީ ގެ ބޯޓް ޔާރޑުން ތަފާތު ގިނަ އިންޖިނިއަރިންގް ޚިދުމަތްތަކާއި ޙައްލު ފޯރުކޮށްދޭ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އެގޮތުން ބޯޓް މޮއިސްޓް، ސްލިޕްވޭ، ބޯޓް ޓްރެއިލަރ އާއި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ޚިދުމަތް އެމްޓީސީސީ އިން ފޯރުކޮށްދޭ ކަމަށާއި މީގެ ތެރޭގައި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގް، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނޭ ކަމަސް ވިދާޅުވިއެވެ.

އެމްޓީސީސީ އިން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އަންޑަރވޯޓަރ ވެލްޑިންގް އާއި ކަޓިންގް ޚިދުމަތް ވަނީ ތަޢާރަފްކުރެވިފައި ކަމަށާއި މި ކުންފުނީގެ ބޯޓް ޔާރޑު އަލުން އާންމު ފަރާތްތަކަށް ހުޅުވާލާއިރު، މިފުރުސަތުގައި ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި އަދި ވިޔަފާރީގެ އެންމެހާއި ބައިވެރިން ކުންފުންޏަށް ކުރަށްވަމުން ތިޔަގެންދަވާ އިތުބާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ