ބޭސްފަރުވާއަށާއި ޒަރޫރީ އެހެން ބޭނުންތަކަށް މިއަދު އއ. މަތިވެރިން ހދ. ކުޅުދުއްފުއްޓަށް 123 މީހުން ދަތުރުކޮށްފިއެވެ.
އެދޯނިން ދަތުރު މީހަކާއި ހަވާލާ ދެއްވައި ކުޅުދުއްފުށީ އޮންލައިންގައި ބުނެފައިވަނީ މަތިވެރި މުދާ އުފުލާ ބޮޑު ބޯޓެއްކަމަށްވާ ނަސްރު 5 ގައި މިއަދު ކުޅުދުއްފުއްޓަށް 123 މީހުން ގޮސްފައިވާ ކަމަށެވެ.
މިދަތުރަކީ ސިއްހީ ހިދުމަތް ހޯދުމަށް ކުރި ދަތުރެއް ނަމަވެސް މިދަތުރުގެ ތެރޭގައި އެހެނިހެން ޒަރޫރީ ހިދުމަތްތަކާއި ވިޔަފާރިވެސް ހިމެނޭނެކަމަށް އެދޯނިން ދަތުރުކުރި ބައިވެރިއަކާއި ހަވާލާދީ ކުޅުދުއްފުށީ އޮންލައިންގައި ވަނީ ރިޕޯޓު ކޮށްފައެވެ.
އަދި ކުޅުދުއްފުށީގައި އުޅޭ އާއިލާގެ މީހުންގެ ގާތަށާއި އެ ސަރަހައްދުގެ ބައެއް ރަށްތަކަށް އައި މީހުންވެސް މިދަތުރުގައި ހިމެނޭކަމަށް ވަނީ ބުނެފައެވެ. މިދަތުރު ކުޅުދުއްފުއްޓަށް ރޭވީ އެ ސަރަހައްދަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ނުވާތީ، އެންމެ ކައިރިންވެސް ރީޖަނަލް ހޮސްޕިޓަލެއްގެ ހިދުމަތް ލިބެން ހުރީ ރ އަތޮޅުން ކަމަށާއި ދެން ހުރީ ލ އަތޮޅާއި ކުޅުދުއްފުށިން ކަމަށް އެދޯނިން ދަތުރުކުރި ބައިވެރިއަކާއި ހަވާލާދެއްވައި އެނޫހުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ކުޅުދުއްފުށި އިޙްތިޔާރު ކުރަން ޖެހުނީ ރ އަތޮޅާއި ލ އަތޮޅު ރީޖިނަލް ހޮސްޕިޓަލު ކައިރި ނަމަވެސް، އެ ދެ ހޮސްޕިޓަލުން ނުލިބޭ ބައެއް ހިދުމަތްތައް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ލިބޭތީ ކަމަށް ދަތުރުގެ ބައިވެރިއަކާއި ހަވާލާދެއްވައި އެނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
16 ގަޑިއިރުގެ ދަރުރުކަށް ފަހު މިއަދު ކުޅުދުއްފުއްޓަށް މި މީހުން އައިސްފައިވާއިރު މިއީ އެހާ ގިނައިން ދުރު ރަށަކުން ބޭސްފަރުވާ އަށް ކުޅުދުއްފުއްޓަށް އެއްދުވަހަކާއި މީހުން ދަތުރުކުރި ފުރަތަމަ ދުވަހެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުރު ރަށް ރަށުން އަންނަނީ ސިއްޙީ ހިދުމަތް ހޯދުމަށް ކުޅުދުއްފުއްޓަށް ދަތުރު ކުރަމުންނެވެ.




ހިޔާލު
Kulhudhihfushi hopitalun haaluubodu veyjeyyaa Male‘ dhaan nujehijjeyyaa rangalhu