މޫދަށް އެރި އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ހއ. ދިއްދޫގައި މޫދަށް އެރި އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެރަށުން ނިޔާވެފައިވަނީ އުމުރުން 50 އަހަރުން މަތީގެ ފިރިހެނެކެވެ.

އެރަށު ޒުވާނުންގެ މަރުކަޒާ ދިމާލުން މޫދުން މިމީހާ ފެނިފައިވާއިރު، އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 6:07 އެހާކަންހާއިރުއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ ނިޔާވެފައިވާކަމަށް ދިއްދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން ހުންނެވި މުހައްމަދު ރަޝީދާއި ޙަވާލާދީ ވަގުތު އޮންލައިގައި ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ، ހއ. ދިއްދޫގައި އެރަށު ދެކުނު ފަރާތު އަރިމަތީ ރާޅު ޖަހައި ހިސާބުގައި ހަރަކާތެއްނެތި ހަބަރުހުސްވެފައި އޮތްމީހަކު އޮތް ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 17:56 އެހާކަންހާއިރު ލިބިފައިވާކަމަށެވެ. އަދި ފުލުހުންގެ އެހީތެރިމާއެކު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެމީހާ ބެއްލެވި ޑޮކްޓަރު މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ދިއްދޫއިން މިއަދު ނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އަދި މިމައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ