ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާއްމު ކޮށްފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް ޢަމަލު ކުރަމުން ގެންދޭތޯ އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މާސް އިންސްޕެކްޝަނެއް މާލެ ސަރަހައްދުގައި ހިންގަން އެޗްޕީއޭ އިން ނިންމަވައިފިއެވެ.
އެޗްޕީއޭ އިން މިގޮތައް ނިންމައި މިރޭ ކުރި އިއުލާނުގައި ބުނެފައިވަނީ، މި އިންސްޕެކްޝަނުގައި ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރާނެ ކަމަށެވެ.
"ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަންނަވަމެވެ. ޢާއްމު ޚިދުމަތްދޭ ތަންތަނުން މިއުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި މީގެކުރިންވެސް މިއެޖެންސީން ހިންގާފައިވާ މާސް އިންސްޕެކްޝަންގެ އިތުރު ބުރެއް މަތީގައި ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ." އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވެއެވެ.
ގައިޑްލައިނާއި އެއްގޮތަށް ޢަމަލުނުކުރާ ތަންތަނާމެދު، އެޗްޕީއޭގެ އުސޫލުތަކުގެދަށުން ފިވަވަޅުއަޅަމުންދާނެކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
ޤަވާޢިދާ ޚިލާފުވާނަމަ ފިޔަވަޅުއެޅުމަށް ހަމަޖެހިފައިވާ އުސޫލުު:
އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރުން
އުސޫލާ ޚިލާފުވާ ދެވަނަ ފަހަރު ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާކުރުން (2ވަނަ ފަހަރު ތަން ބަންދުކުރާނީ 3 ދުވަހަށް)
އުސޫލާއި ޚިލާފައިވާ 3ވަނަ ފަހަރު ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާކުރުން. (3ވަނަ ފަހަރު ތަން ބަންދުކުރާނީ 5ދުވަހަށް)
އެޗްޕީއޭ އިން ދޭތެރެ ދޭތެރެއިން މާލެ ސަރަހައްދުގައި މިފަދަ އިންސްޕެކްޝަންތައް އަންނަނީ ހިނގަމުންނެވެ. މިގޮތުން މީގެ 3 އިންސްޕެކްޝަންވަނީ ކުރިއަށްގެންގޮސްފައެވެ.





ހިޔާލު
މި ދެން ޖެހިފަ ޢޮތް ބަލާވެރިކަމެނު