ކޮވިޑް-19ގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އޭޑީކޭއިން ހިލޭ ކޮވިޑް-19 އެންޓިބޮޑީ ޓެސްޓްް ހެދި ފަރާތްތަކުގެ ތެރެއިން 125 މީހުން ޓެސްޓަށް ޕޮޒިޓިވްވެފައިވާކަން އޭޑީކޭއިން ހާމަކޮށްފިއެވެ.
އޭޑީކޭއިން ކުރިއަށްދިޔަ މި ޕްރޮޖެކްޓްގެ ނަތީޖާ އާއްމުކޮށް ނެރެފައިވާ ތާފާސް ހިސާބުތަކުން ދައްކާގޮތުގައި، 3004 މީހުންގެ އެންޓިބޮޑީ ޓެސްޓުގެ ތެރެއިން 125 މީހުން ވަނީ އެންޓިބޮޑީ ޓެސްޓަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މީގެ މާނައަކީ މި 125 މީހުން ކުރިން ވަނީ ކޮވިޑް-19 ޖެހިފައިވާމީހުންނެވެ.
އޭޑީކޭއިން ބުނީ، އެންޓިބޮޑީ ޓެސްޓަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 125 މީހުންނަކީ ކުރިން ކޮވިޑް-19 ޕީސީއާރު ޓެސްޓްކޮށްފައިވާ މީހުންނޫންކަމަށެވެ. އަދި މި މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތައް ފެނިފައިނުވާކަމަށް އޭޑީކޭއިން ހާމަކުރިއެވެ.
މީގެ އިތުރުން ތަފާސް ހިސާބުން ދައްކާގޮތުގައި، އެންޓިބޮޑީ ޓެސްޓް ހަދާފައިވާ 412 ހެލްތް ވޯކާސްގެ ތެރެއިން 29 މީހުންވަނީ ޓެސްޓަށް ޕޮޒިޓިވްވެފައެވެ. އަދި ޑެލިވަރީއާއި ކޮންސްޓްރަކްޝަން ފަދަ ކުންފުނިތަކުން އެދިގެން ހަދާފައިވާ 1257 އެންޓިބޮޑީ ޓެސްޓްގެ ތެރެއިން 78 މީހުން ޓެސްޓަށް ޕޮޒިޓިވްވެފައިވާކަމަށް އޭޑީކޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
We have completed this CSR project and here we present the findings. https://t.co/a4h4GO45F2
— ADK Hospital (@ADKHospital) September 18, 2020
އޭޑީކޭއިން އެންޓިބޮޑީ، މިޓެސްޓުތައް ކޮށްފައިވަނީ ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒަރ ބޭނުން ކޮށްގެން ކަމަށް އޭޑީކޭއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.




