ކެމިކަލް ނުހިމެނޭ ދަނޑުވެރިކަން ކުރާނެގޮތް ކިޔައިދޭން ކައުންސިލްތައް އިންޑިއާއަށް

ރައްކާތެރިކަމާއި އެކު ދަނޑުވެރިކަން ކުރާނެގޮތުގެ ތަމުރީނު ދިނުމަށް ބައެއް ކައުންސިލްތައް އިންޑިއާއަށް ގެންދަން ނިންމައިފިއެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ކެއުމަށް ރައްކާތެރިގޮތުގައި ހައްދާ ތަކެތިތޯ ކަށަވަރުކުރުމަށް ރަށު ފެންވަރުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތައް އަހުލުވެރިކުރުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އެކްސްޓެންޝަން އެޑަބްޓެޑް ރިސާޗް ސެކްޝަންގެ ޑިރެކްޓަރ އަލީ އާމިރު ވިދާޅުވީ، މޯލްޑިވްސް ފީލްޑް އޮފިސަރ ޓްރެއިން ޕްރޮގުރާމްގެ ނަމުގައި ފަށާ މި ޕްރޮގުރާމަކީ މީގެ ފުރަތަމަ ޕްރޮގުރާމުކަމަށެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ މި ޕްރޮގުރާމްގައި 6 ކައުންސިލަކުން 6 މުވައްޒަފުން އިންޑިއާގެ ޓެމިލްނާޑު އެގްރިކަލްޗަރ ޔުނިވާސިޓީގައި ތަމްރީން ހޯދާނެކަމަށްވެސް އަލީ އާމިރު ވިދާޅުވިއެވެ.

"މޯލްޑިވްސް ފީލްޑް އޮފިސަރ ޓްރެއިނިންގ ގެ ނަމުގައި އަޅުގަނޑުމެން ތަމުރީން ޕްރޮގުރާމެއް މި ފަށަނީ. އިންޑިއާއަށް އަޅުގަނޑުމެން މި ފޮނުވަނީ 6 ކައުންސިލެއްގެ 6 މުވައްޒަފުން. އަޅުގަނޑުމެން މި އުންމީދުކުރަނީ ޖޫން މަހުގެ 20 ވަނަ ދުވަހު މި ޕްރޮގުރާމް ފެށޭނެކަމަށް." އަލީ އާމިރު ވިދާޅުވިއެވެ.

ދަނޑުވެރިން ހައްދާ ތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތިކަން ޔަޤީންކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އެއް ވައުދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ