ބަނޑުބޮޑުކަން އެނގުނުތާ އެއްގަޑިއިރު ތެރޭ އަންހެނަކު ވިހައިފި!

އެމެރިކާގެ އަންހެނަކު އޭނާ ބަނޑުބޮޑުކަން އެނގުނުތާ އެއްގަޑިއިރު ތެރޭ ވިހައިފިއެވެ. އުމުރުން 47 އަހަރުގެ ޖޫޑީ ބްރައުން ނަމަކަށް ކިޔާ މި އަންހެން މީހާ އަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

މި އަންހެން މީހާ އަށް އޭނާ ބަނޑުބޮޑުކަން އެނުގުނީ މާ ބޮޑަށް ބަނޑުގަ ރިއްސާތީ ހޮސްޕިޓަލަށް ގޮސް ދެއްކުމުންނެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު މާ ގިނަ އިރުތަކެއް ނުވެ މި އަންހެން މީހާ ވަނީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެއް ވިހާފައެވެ. މި ކުއްޖާގެ ބަރުދަނުގައި ހުރީ 3 ކިލޯ 600 ގްރާމެވެ. މިއީ އެ ދެމަފިރިން ގެ 22 އަހަރުގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅެވެ.

މި އަނހެން މީހާ އިތުރަށް ބުނީ އޭނާގެ ބަނޑު ބޮޑުވަމުން އަންނަކަން ފާހަގަވިކަމަށެވެ. އެެހެން ނަމަވެސް އޭނާ ހީކުރީ އެއީ އޭނާ މާ ބޮޑަށް މުސްކުޅިވަމުން އަންނާތީ ކަމަށާޢި އޭގެ އިތުރުން އިއްދައިން ކެނޑިފައިވާތީ ވާގޮތެއް ކަމަށެވެ.

ކަމެއް ގޯސްވެދާނެތީ ޑޮކްޓަރަށް ދައްކަން ދިޔައީ ކުޑަކޮން ބިރުން ހުރެ ކަމަށް ބްރައުން ބުނެފައިވެއެވެ. އެހެން ނަމަވެސް ޑޮކްޓަރަށް ދެއްކުމަށްފަހު އޭނާ ބަލިވެ އިންކަން އަދި ވިހަން ކައިރި ވެފައިހުރިކަން އެނުގުމުން އުފާވިކަމަށް އޭނާ ބުނެފައިވެއެވެ.

ކައިވެންޏަށް 22 އަހަރު ވީ ފަހުން ދަރިޔަކު ލިބުމުން މި ދެމަފިރިން ހުރީ ނުހަނު އުފަލުންނެވެ.

 

މިލިޔުން ކިޔާލުމުން
105824
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ