އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކްޓޮކް އަދި ވީޗެޓް ޑައުންލޯޑް ނުކުރެވޭނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގެ އެޕް ސްޓޯރުތަކުން ޓިކްޓޮކް އަދި ވީޗެޓް ޑަައުންލޯޑް ނުކުރެވޭނެ ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްއިން ބުނެފިއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްއިން މިކަން ހާމަކޮށްފައި މިވަނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އާއި ޗައިނާގެ ޓެންސެންޓުން އޮޕަރޭޓްކުރާ ވީޗެޓާ އެކު ވިޔަފާރީގެ މުއާމަލާތްތައް ނުހިންގަން އަންގާ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަމަހުގެ ކުރީކޮޅު ސޮއިކުރުމާއި ގުޅިގެންނެވެ.

އެ އަމުރުގައި ވާގޮތުން، ޓިކްޓޮކާއި ވީ ޗެޓާއެކު މާދަމާއިން ފެށިގެން އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެއެވެ. މި އަމުރުގައި އެމެރިކާގެ ރައީސް ޓުރަމްޕް ސޮއިކުރައްވައިފައިވަނީ މިދިޔަމަހުގެ ހަވަނަ ދުވަހުއެވެ. 45 ދުވަހުގެ މުހުލަތެއް ދީ ރައީސް ޓުރަމްޕް މި އަމުރުގައި ސޮއިކޮށްފައިވަނީ އެމެރިކާގައި އެ ދެ އެޕުގެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުން ނަމަ އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މި ދެ އެ އެޕަކީ މިދިޔަ ޖޫން މަހު އިންޑިއާ އިން މަނާކުރި ޗައިނާގެ 59 އެޕްގެ ތެރޭގައި ވެސް ހިމެނޭ އެޕްތަކެވެ. އެމެރިކާ އިން ބުނާ ގޮތުގައި ޗައިނާގެ އެޕްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ އެޕްތަކުގެ އެ ގައުމުގައި މަނާކުރަން ޗައިނާ އިން ބޭނުން ނުވާ ނަމަ އޮތް ގޮތަކީ ކޮންޓްރޯލް އެމެރިކާ އަށް ދިނުމެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ވީޗެޓް އެމެރިކާގައި އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭއިރު ޓިކްޓޮކް މިއަހަރުގެ ނުވެންބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ބޭނުން ކުރެވޭނެއެވެ.

ޓިކްޓޮކް އިން މިހާރުވަނީ ރައީސް ޓުރަމްޕު ދީފައިވާ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި އެމެރިކާގެ ސޮފްޓްވެއާ ކުންފުނި އޮރޭކަލްއާ ގުޅުމަށް ނިންމައި އެކަން ހާމަކޮށްފައެވެ. ނަމަވެސް މި ނިންމުން ޓުރަމްޕް ގަބޫލުފުޅު ކުރައްވާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ