ކޮވިޑް-19: ގައްދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ގދ. ގައްދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގައްދޫ ކައުންސިލް މެންބަރު، ޢާމިރު ޢަބްދުﷲ މި ނޫހަށް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ސްކޫލްގެ މަސައްކަތެއް ކުރުމަށް އައި އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. މި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގެ 14 ދުވަސް ނިންމައި މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލް އިން ކަމަށެވެ.

އަދި މި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެންގިފައިވަނީ އިއްޔެ17:45 ގައި ކަމަށް ޢާމިރު ޢަބްދުﷲ ވިދާޅުވިއެވެ.

ޢާމިރު ޢަބްދުﷲ ވިދާޅުވީ، މި މީހާ ފައްސިވުމާއި ގުޅިގެން ޓާސްކް ފޯހާއި ކައުންސިލް ގުޅިގެން ކަރަންޓީނުގައި ހުރި ގެޔަށް ގޮސްފައިވާ އެންމެން އެކަހެރި ކޮސްފައިވާ ކަމަށާއި އެގޮތުން 3 ބިދޭސީއަކު އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި މި މީހުން އެކަހެރި ކުރީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން ކަމަށް ވިދާޅުވިއެވެ.

"އަބަދުވެސް އަކުންސިލުން މިދަނީ ރައްޔިތުންނަށް މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަށާއި އެޗްޕީއޭގެ ގަވާއިދުތަކަަށް އަމަލު ކުރުމަށް ނަސޭހަތްތެރި ވަމުން" ޢާމިރު ޢަބްދުﷲ އިތުރަށް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 9،568 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލިން ރަނގަޅު ވެފައިވަނީ 8،077 މީހުންނެވެ. އަދި 106 މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ