1999 އަހަރު ފިލްމީ ދާއިރާއަށް ނިކުމެ، މިހާރުވެސް މަދުން ނަމަވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޢާއިޝަތު ޤުލްފާ (ޢައިޝާ) އަކީ ދިވެހިންނަށް އާމޫނަކަށް ނުވާނެއެވެ.
"ވަފާތެރި ނުވެވުނަސް" "ގިނިހިލަ" ފަދަ މަޝްހޫރު ފިލްމްތަކުން ވެސް ޢައިޝާގެ ކުޅަދާނަކަން ފެނި، އާންމުންގެ ބޮޑު ތަރުޚީބެއް ލިބިގެން ގޮސްފައިވާއިރ،ު "ޑާރކް ރެއިން އެންޓަރޓެއިންމެޓްގެ" ގެސްޓް ރޯލްތަކުން މިހާރު ވެސް ފެންނަމުންދާ އައިޝާ ކުޅެފައިވާ ލަވަތަކަކީ މިހާރު ވެސް އަޅުގަނޑުމެންނަށް އަޑު އިވެމުންދާ ރީތި ލަވަތަކެކެވެ.

އެހެންނަމަވެސް މިއަދު މިލިޔުމުގައި ބަލާލަން މިއުޅެނީ އައިޝާގެ ފިލްމީ ހަޔާތަކަށް ނޫނެވެ. މުޅިން ތަފާތު އެހާމެ ހުނަރުވެރި މިހާރުގެ ހާލަތަށް ނުހަނު ބޭނުންތެރި މަސައްކަތަކަށެވެ. އާދެ! އެއީ މިހާރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އައިޝާ އާއި އޭނާގެ ތިން ދައްތަ ބައިވެރިވެގެން ފަށާފައިވާ މާސްކްގެ ވިޔަފާރި "މައި ޑިޒައިންސް" އަށެވެ.
މިހާރު މާލޭގައި މާސްކްގެ ވިޔަފާރީގައި އެންމެ މަޝްހޫރީ "މައި ޑިޒައިންސް" އޭ ބުނިކަމުގައި ވީނަމަވެސް ދޮގަކަށް ނުވާނެއެވެ. މައި ޑިޒައިންގެ މާސްކް ތަކަކީ ޑިޒައިންގެ ގޮތުން އަދި ފެންވަރުގެ ގޮތުން ބެލިނަމަވެސް މޮޅު މާސްކް ތަކެކެވެ.

އައިޝާމެން މާސްކް ވިއްކުމުގެ ވިޔަފާރިއެއް ފަށާފައިވާއިރު، އެންމެ ފުރަތަމަ މާސްކް ފަހަން ފެށީ ވިޔަފާރިއެއް ފެށުމުގެ ނިޔަތެއްގައި ނޫން ކަމަށް އައިޝާ ބުންޏެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ތިން ދައްތައެއް ވެގެން މާސްކު ހަދާ މިވިޔަފާރި ފުޅާ ކުރުމުގައި މިއުޅެނީ. އަޅުގަނޑަށް ބޮޑަށް އިންނަނީ މާކެޓް ކުރުން. އަޅުގަނޑުމެން ނޯމަލް މާސްކާއި ހިޖާބް މާސްކު ވެސް ހަދަން. ހިޖާބް މާސްކު އަދި ރާއްޖޭގައި އަލަށް ކަންނޭނގެ މިތައާރަފްވީ" އައިޝާ ބުންޏެވެ.

ޢާއިލާ އާއި ރައްޓެހިންނާއި ހަމައިން ފެށި މި ވިޔަފާރި ފުޅާވަމުން ގޮސް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100-250 އާއި ދެމެދުގެ އަދަދަކަށް މާސްކް ތައްޔާރު ކުރާ ކަމަށް އައިޝާ ބުނެއެވެ. އެގޮތުން، އޮފީސްތަކުންނާއި، ރަށްރަށުން ވެސް ވަރަށް ބޮޑު ތަރުޚީބެއް ލިބި ބަލްކް ކޮށް އޯޑަރުތައް ލިބެމުންދާކަން އައިޝާ ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުންވެސް އޯޑަރ ލިބެމުންދާކަން އައިޝާ ފާހަގަކުރިއެވެ. މިގޮތުން ދޯހާ، ޔޫކޭ، ގަތަރު، ލަންކާ އަދި ބެންގަލޫރ ފަދަ ބޭރުގެ އެކި ހިސާބުތައް ހިމެނޭ ކަމަށް އައިޝާ ބުންޏެވެ.
"މައި ޑިޒައިންސް" ގެ ޕްރޮޑަކްޓްތައް މާރކެޓް ކުރުމުގައި ވެސް އެންމެ އިސްކޮށް ޙަރަކާތްތެރިވަމުން ގެންދާ އައިޝާ ބުނާ ގޮތުގައި، މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ، ބޭނުންވާ މެޓީރިއަލްތައް ފަސޭހައިން ނުލިބުމާއި، މެޓީރިއަލް ތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ނުވުމުވެ. އެހެންނަމަވެސް ޕްރޮޑަކްޓްގެ ކޮލިޓީ އާއި، އަގުތައް އެއްވަރެއްގައި ބެހެއްޓުމަށް ވަރަށް ޚާއްސަކަމެއް ދޭ ކަމަށް އައިޝާ ބުނެއެވެ.

"މައި ޑިޒައިންސް"ގެ ޓީމުން މައުލޫމާތު ދޭގޮތުގައި މިއީ ވިޔަފާރިއަކަށްވުރެ ބޮޑަށް ވީހާވެސް ހެޔޮ އަގެއްގައި ބަޔަކަށް ހިދުމަތެއް ދިނުމުގެ ގޮތުން ވަރަށް ކުރާހިތުން ޝައުޤުވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
"ފައިދާ އަށްވުރެ ބޮޑަށް އަޅުގަނޑުމެން ކުރާހިތުން ކުރާ ކަމަކަށްވާތީވެ، ބަޔަކަށް ހިދުމަތެއް ދިނުމަށް އަޅުގަނޑުމެން ބޮޑަށް ބޭނުން ވަނީ.. އަޅުގަނޑުމެންނަށް ލިބޭ ފައިދާއަކަށްވުރެ، ބަޔަކަށް އެމާސްކްގެ ބޭނުން ޖެހިފައިވާ، ހަމައެކަނި ފްރޮންޓް ލައިން އެއްނޫން، މާސްކްގެ ބޭނުން ޖެހިފައިވާ ކޮންމެ މީހަކީ ހަމަ އެޔައް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ މީހެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އެހެންވީމަ އެމީހުންނަށް އެހީތެރިވުމުގެ ގޮތުން ވަރަށް ކުޑަކުޑަ އަގެއްގައި އެމީހުންނަށް މާސްކް މިދޫކޮއްލަނީ" މައި ޑިޒައިންސް ޓީމުން ބުންޏެވެ.

"މައި ޑިޒައިންސް" އިން ތަފާތު އެކިކުލަތަކުގެ މާސްކް ލިބެން ހުންނައިރު، މީގެ ތެރޭގައި ކުޑަ ކުދިންގެ މާސްކް، ބިއާޑް މާސްކް، ލޭސް މާސްކް، ފިރިހެނުންގެ މާސްކްގެ އިތުރުން ހިޖާބް ނުވަތަ ބުރުގާ މާސްކް ހިމެނެއެވެ. އައިޝާ ފާހަގަކުރި ގޮތުގައި "މައި ޑިޒައިންސް" އަކީ ރާއްޖޭގެ މާސްކްގެ ހަބެވެ.

"މައި ޑިޒައިންސް" ގެ ދާއިމީ ކަސްޓަމަރުން އިތުރުވުމަކީ އާންމުންގެ ބޮޑު ތަރުޚީބެއް އޮތްކަން ހާމަވާ ކަމެއްކަމުގައި އައިޝާ ދެކެއެވެ. ދުވަހެއް ދުވަހަކަށް ލިބޭ އޯޑަރުތައް އިތުރުވުމާއި، ލިބޭ ޕޮޒިޓިވް ފީޑްބެކްތަކަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމުގައި އައިޝާ ބުންޏެވެ. މައި ޑިޒައިންސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އަދި، 7602777 ނަމްބަރަށް ވައިބަރ ކޮށްލުމުން، ބޭނުންވާ ވައްތަރެއްގެ މާސްކެއް އޯޑަރު ކޮށްލެވޭނެއެވެ.





ހިޔާލު
މީނަ މާސްކް ޕޯސްޓް ގުރޫޕް ތަކަށް އަޅާވަރުން ވެސް އުނދަގޫވޭ