މިދިޔަ އަހަރު ނެރުނު ޑާކް ރެއިންގެ ފިލްމް “ގޮށްރާޅު”ގެ ސަޕޯޓިން ރޯލަކުން ފިލްމީ ދާއީރާއަށް ތަޢާރަފްވި ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އަކީ ބެލުންތެރިންނަށް މިހާރު އާމޫނަކަށް ނުވާނެއެވެ. މީގެ އަހަރެއް ކުރިން ޓިކްޓޮކް ފަށައިގެން އުޅުން ދުވަސްވަރު އެންމެ ގަދައަށް ވީޑިއޯ އަޕްލޯޑް ކުރި އެކަކީ ދިވެހި ސިނަމާގެ އާޝާ އެވެ.
ރީތިކަމާއި އެއްވަރަށް އެކްޓްކުރުމުގެ ހުނަރު ލިބިފައިވާ އާޝާ މި ވަނީ ބައިސްކޯފްގެ ލޮކްޑް އަޕް ޝޯވގައި އޭނާގެ ތަފާތު ވާހަކަތަކެއް ހިއްސާކޮއްފައެވެ.
އެ ޝޯވގައި ވާހަކަދައްކަމުން އާޝާ ބުނީ މިހާރު އަލަށް ކުރަން ފެށުނުކަމަކީ ސޭވް ކުރަން ފެށުން ކަމަށާއި، އެއީ ކުރިންވެސް އޭނާއަށް ނޫވާކަމެއް ކަމަށް އޭނާ ބުންޏެވެ.

"ދެން އަލަށް ކުރަންފެށި ކަމަކީ.. ދެން މިހާރު ވަރަށް ގިނައިން އަތްދޮވެވޭ.. ކުރިން އަބަދުވެސް މޫނުގައި އަތްލެވޭ.. އެކަމު މިހާރު އެޔަށްވެސް ވަރަށް ވިސްނައިގެން މިއުޅެނީ.. މޫނުގައި އަތްލާންވެސް ނުކެރޭ މިހާރު" އާޝާ އެ ޝޯވގައި ބުންޏެވެ.
އިތުރަށް އެ ޝޯވގައި އާޝާ ބުނީ، އޭނާއަށް މިދުވަސްކޮޅު އެންމެ ގިނައިންޖެހޭ ލަވައަކީ ނޭވާލާހިނދު ޔާރޭވޭ.. އަބަދުމަގޭ މޭގެތެރޭގާ.. މިލަވަކަމަށެވެ.

އަދި ޓައިމް ރިވައިންޑް ކުރެވޭނަމަ އޭނާ އެންމެ ދާންބޭނުމީ ޕާސްޓަށް ކަމަށާއި އެއީ ސުކޫލް ދުވަސްތައް ކަމަށްވެސް އާޝާ ބުންޏެވެ.
"ސުކޫލްގެ ބައެއް ދުވަސްތައް ބަދަލުކޮއްލާ، މިހެންނުވިނަމަ ރަނގަޅޭ، އެހެން ނުވިނަމަ ރަނގަޅޭ، އެކަހަލަ ދުވަސްތައް ބަދަލުކޮއްލަން ބޭނުމީ" އާޝާ ބުންޏެވެ.
އެ ޝޯވގައި އިތުރަށް ވާހަކަ ދައްކަމުން އާޝާ ބުނީ، ލޮކްޑައުން ނިމުނީމަ އެންމެ ފުރަތަމަދާން ބޭނުމީ، ކޮފީއަކަށް ކަމަށާއި، އެއީ ރައްޓެހިންނާއި ދިމާކޮއްލަން ކަމަށެވެ.
"ރައްޓެހިންނާއި ދިމާނުވާތާ ވަރަށް ގިނަދުވަސްވެއްޖެ، އެމީހުންގެ މަތިން ވަރަށް މިސްވޭ" އާޝާ ބުންޏެވެ.

ކުރިން ސޫޓިންއަށް ދާއިރު، އަބަދުވެސް ހިތަށް އަރާދޯ! ފްރީވާނަމައޭ، ޝޫޓިން ކެންސަލްވާނަމައޭ، ބިޒީކޮށް ބައެއް ދުވަސްތަށްދާތީވެ، އެކަމު މިހާރު ލޮކްޑައުންގައި އާޝާ އެންމެ މިސްވަނީ ޝޫޓިން ކަމަށް އޭނާ ވަނީ އެޝޯގައި ފާހަގަކޮށްފައެވެ.
އާޝާ ދެކޭގޮތުގައި ރިލޭޝަންޝިޕްތަށްވެސް އަދި ކައިވެނިވެސް އެންމެގިނައި ރޫޅެނީ ޓައިމް ނުދެވުމާއި، މީހުންނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ފުރަތަމަ ވަރަށް ލޯބިން އުޅޭނީ އެކަމު ފަހުންފަހުން އައިސް ދުރުވެ، ކަންކަމުގައި ވަރަށް ފަރުވާކުޑަވުން ކަމަށް އާޝާ ބުންޏެވެ.
އާޝާ ބުނީ، ލޯބިވެވިއްޖިއްޔާ ވަރަށް އުފަލުގައި އުޅެވޭނެ ކަމަށާއި، ދިރިއުޅުމުގައި ލޯބި އެއީ ވަރަށް މުހިންމުއެއްޗެއް ކަމަށެވެ.
"ލޯބި އެއީ ވަކިގޮތަކަށް ވެވޭ އެއްޗެއް، މިސާލަކަށް މަންމަދެކެ ވާނީ ވަކިލޯތްބެއް، ރައްޓެހިންދެކެ ވެވޭނީ ވަކިކަލަ ލޯބެއް، ލޯބިވެރިޔާދެކެ ވެވޭނީ ވަކިކަލަ ލޯތްބެއް" އާޝާ ބުންޏެވެ.

އާޝާ ބުނީ، އޭނާ އާއި ސުޕަހީރޯ އަކާއި ބައްދަލުކޮއްލަން ލިބިއްޖެނަމަ އޭނާ ނާގާނީ ހަލްކް ކަމަށެވެ. އެއީ ހަލްކް ރުޅިގަދަވެފައި، ބޮޑުވެފައި، އާޝާ އާއި ގުޅޭތީ ކަމަށް އޭނާ ބުންޏެވެ.
އާޝާ އެހެން މީހުނާއި ތަފާތުވާ ސިފައެއްކަމަށް އޭނާ ބުނީ މީހެއްދެކެރުޅި އައިސްގެން މާގިނަދުވަހު ނުހުރެވޭނެ ކަމަށާއި، އެމީހަކީ ކިތަންމެ ދެރަކޮށް ކަންތައްކުރި މީހެއްކަމުގައި ވީނަމަވެސްމެއެވެ. އެކަމެއް އާޝާގެ ހިތުގައި އަބަދަކު ނުންނާނެ ކަމަށާއި އެމީހަކުދެކެ، އާޝާއަށް ރުޅިއައިސްފައި ނުހުރެވޭނެ ކަމަށްވެސް އާޝާ ބުންޏެވެ.
"އެހެންނަމަވެސް އެގަޑީގައި ރުޅިއަތުވެދާނެ، ކުރިންބުނިގޮތަށް ހަލްކު ގޮތަށް، އެގަޑިއަށް ރުޅި އަތުވެދާނެ، އެކަމު ފަހުން އޯކޭ ވާނެ" އާޝާ ބުންޏެވެ.

އާޝާ ގަބޫލުކުރާގޮތުގައި ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވެވޭނީ، އެހެންމީހަކަށް ޑިޕެންޑްނުވެ، އުޅެވޭވަރު ވީމަ ކަމަށާއި، ދެން އެމީހެއްގެ ޑްރީމްސް ފުރިހަމާ ދުވަހުކުން ކަމަށެވެ.
ލޮކްޑައުން އާއެކު އެންމެންގޭގައި ގޭގައި ތިބި މިދުވަސްވަރު، އާޝާވެސް ގޭގައި ހުރެގެން އޭނާ ކުރާކަންތައްތައް މިވަނީ މިޝޯގައި ހިއްސާ ކޮއްފައެވެ.

"ގޭގައި ހުރެގެން މިހާރު އެންމެ ގިނައިން ކުރާކަމަކީ، ކުރެވޭކަމަކީ، ގޭމް ކުޅެވެނީ މިހާރު، އަނެންހެން މާބޮޑު އެހެން ކަމެއް ނޯވޭ، ގިނައިން ގޭމް ކުޅެވެނީ." އާޝާ ބުންޏެވެ.
މިގޮތުން އާޝާ ވަނީ އޭނާ ކުޅޭ ބައެއް ގޭމުތައްވެސް މިޝޯގައި ބެލުންތެރިންނާއި ހިއްސާކޮއްފައެވެ. ބައެއް ގޭމްތަކުގެ ތެރޭގައި ޕަބްޖީ ކޮއިން މާސްޓާރ ހިމެނެއެވެ.
ބައިސްކޯފުން ގެނެސްދޭ ލޮކްޑައުން ޝޯވއަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ޕްރޮގްރާމްގައި ގިނަ ފަންނާނުންގެ އިންޓަވިއުތަށް މިހާރު ވަނީ ގެނެސްދީފައެވެ.




11 Responses
މެޖޯރިޓީ ފޮޓޯތަކުގައި ހަމަ އެއް ލުކްއެއް، މަދު ދިވެއްސެއް އުޅެނީ ފޭޝަލް އެކްޮއރޭޝަން ގެންގުޅެން އިންގޭ.
ކަރްމާ ވިލް ހިޓް ޔޫ ވަންޑޭ! ޖަސްޓް ވެއިޓް
Adhi adu ahanah iTunes lockdown kiyaa program dhahakaakqn varah hingaifithaa ehen veemq dho
އަނގަ މުންޖެއްހެން ހަދައިގެން ހުންނަގޮތުންވެސް އިނގޭ
ދުވަސްތަށްދާތީވެ…..ސުކުން ބުރޯ ސުކުން
މި ކަމަނާ އަކީ ސްނެޕް ގަވެސް ވަރަށް މަޝްހޫރު ބޭކަނބަލެކެވެ. އެ ވާހަކަ ކީއްވެބާ ވަގުތު މީހުން ނުލިޔުނީ.
ކޮންބަލާ**
ލޯއްބަކީ ބައިބައި ކޮށްގެން ބެހޭނެ އެއްޗެއް ނޫން. އެއްވެސް ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ހަށިގަނޑުގެ ވަނާތައް އެހެން މީހުންނަށް ފެންނަން ނޭނދޭނެ. އަމުދުން އެެހެން ފިރިހެނަކު އޭނާގެ ގައިގައި އަތްލާން ނޭނދޭނެ. އެއީ ފިރިހެނުންގެ ތަބީއަތް.
ދެން ފިރިހެނުން ކީއްވެ އެމީހުންގެ އަންހެނުން ބުރުގާ ނަގައިގެން އޮރިޔާމުން އުޅެން އޯކޭ ވަނީ؟
މާސީ ޢެއީ ޣީރަތްތެރިކަން ނުހުންނަ ފިނޑި ފި(ރިހަ)ނުން !!!
Thi kaleyge ah vure maa rulhi gadha vaane giyamaiy dhuvahu naraka ves…. keehve tha kaley ah mi roadha mahu e vaahaka bunan neyguny