ފިލްމީ ތަރި މުއާ މަސްކަނޑާ މަންޒަރު ފެންނަ ފޮޓޯއިން އެތައް ވާހަކައެއް!

ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހާ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) އަކީ ގެވެހި ފިރިހެއްކަން އޭނާ ވަނީ މިހާތަނަށް ސާބިތުކޮށްދީފައެވެ. އައްޒަދެކެ ލޯބިވާ ރަނގަޅު ފިރިއެއްގެ އިތުރުން، މުއާ އަކީ ދިރިއުޅުމުގައި ކުރަން ޖެހޭ އާންމު މަސައްކަތްތަށް ދަންނަން މީހެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. ހާއްސަކޮށް ނިމިދިޔަ ލޮކްޑައުން ތެރޭ މުއާ ވަނީ އޭނަގެ ވަޑާންކުރުމުގެ ފެންވަރުވެސް ދައްކާލައިފައެވެ.

ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ މިވަގުތު ހުރީ އޭނަގެ އުފަން ރަށް ނ. ވެލިދޫއަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮހެވެ. މި ދަތުރުގެ އަނބިމީހާ އައްޒަ އާއި، އީތަން އަދި ދަރިފުޅު ރޫބީވެސް ވަނީ ބައިވެރިވެފައެވެ. ރަށުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގައި ފޮޓޯތައް  އައްޒަ އާއި މުއާ މީސްމީޑިއާގައި ހިއްސާކުރަމުން އަންނައިރު އެންމެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ މުއާ މަސް ކަނޑަން އިން ފޮޓޯއަށެވެ.

މުއާގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކުރި މި ފޮޓޯގެ ކެޕްޝަންގައި، "ދިރިއުޅުމެއްގައި ކޮންމެހެން ކުރަންޖެހޭ ނިކަން ގިނަގުނަ ކަންކަން ބައްޕަ ދަސްކޮށްދިން" ކަމަށް ބުންޏެވެ. މިހެން ލިޔެ، މުއާ މަސްކަނޑަން އިން ފޮޓޯއެއް ހިއްސާކުރިއިރު، މި ފޮޓޯއިން މުއާގެ ފަހަތުގައި ޖޯއްޔެގައި އިށީނދެލައިގެން ހުރެ މުއާ މަސްކަނޑާ ތަނަށް ބަލަހައްޓައިގެން އޮތް މީހަކީ އޭނަގެ ބައްޕަ ކަމަށް ބެލެވެއެވެ. އަދި މި ފޮޓޯ އަށް އައްޒަ ކޮމެންޓްކޮށް ބުނީ، މި ފޮޓޯއިން ހުރިހާ އެއްޗެއްވެސް ބުނެދޭ ކަމަށެވެ.

ގޮނޑިއެއްގައި އިށީންދެލައިގެން އިނދެ މުއާ މަސްކަނޑަން އިން މި ފޮޓޯ ހިއްސާކުރިއިރު، ފިލްމީ ތަރިއެއްގެ ފަރާތުން މިފަދަ ގެވެހި ދިރިއުޅުމުގެ މަންޒަރެެއް ފޮޓޯއަކުން ފެންނާނީ ވަރަށް މަދު ފަހަރަކުއެވެ. މީގެ ކުރިންވެސް މުއާ ވަނީ، އޭނައަކީ އާދައިގެ ދިރިއުޅުމަށް ލޯބި ކުރާ މީހެއްކަން އަންގައިދީފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ