ކުރީގެ ރައީސް މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ކިޔައިދޭ ވީޑިއޯއެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާންމު ކުރައްވައިފި އެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާންމު ކުރައްވާފައިވަނީ އިބްރާހިމް ދީދީ ކިޔާދީފައިވާ ރައީސް މައުމޫން ވެރިކަމުގައި ކޮށްފައިވާ އަނިޔާގެ ވާހަކައެވެ.
އެ ވީޑިއޯގައި އިބްރާހިމް ދީދީ ކިޔައިދެނީ ވާފިރު ކިޔާ މީހާކަށް ޖަލުގައި ކޮށްފައިވާ އަނިޔާގެ ވާހަކައެވެ.
"ވާފިރު މި އޮންނަނީ 2 ނަންބަރު ގޮޅީގައި. ވަރަށް ކައިރި މިދޭތެރޭގައި އިންނާނީ ގާތް ގަނޑަކަށް އަށެއްކަ ފޫޓު. ދެން މިހެންގޮސް ވާފިރަށް މި އަނިޔާ ކުރަމުންގޮސް ރޭގަނޑު 6:00 ޖެހީމައި ހަދާގޮތަކީ ވާފިރު ގައިގާ ބަންނަނީ ފަތް. ދިއްގާ ފަތް. ދިއްގާ ފަތް ބަންނަނީ ވާފިރު ހުރިގޮތަށް ނުފެންނަ ވަރަށް. ބަނދެ ބަހައްޓާފައި ރޭގަނޑު ވީމައި ގެންގޮސް މި އަޅުވާލަނީ ބަކަރި ފަތް އެލުވާ ދަނޑީގައި. އަޅުވާލީމައި ހުރިހާ ބަކަރި އެތާ އޮންނާނެ ޖަމިއްޔާ ކޮށީގައި އޮންނާނެ ގާތްގަނޑަކަށް 280 ވަރަކަށް ބަކަރި. އެހުރިހާ ބަކަރިތައް ވާފިރު ގަޔަށް މުޑި ނަގައިގެން އެ ފަތްތައް ކައި ހުސްކުރަނީ" އެ ވީޑިއޯގައި އިބްރާހިމް ދީދީ ކިޔާދީފައި ވެއެވެ.
އިބްރާހިމް ދީދީ އެ ވީޑިއޯގައި ވިދާޅުވަނީ އެހުރިހާ ކަންތައް ދިޔައީ ލޮލަށް ފެންނަމުން ކަމަށެވެ. އެމީހުންގެ ހުރި އަނިޔާވެރިކަމާއި އެމީހުންގެ ހުރި ގޮތެއް ފޮތެއް ނެތްކަން ރީއްޗަށް ހާމަވަމުން ދިޔައީ ލޯ ކުރިމަތީގައި ކަމަށެވެ.
"ދެން އެންމެ ފަހުން ވާފިރު އެއްބަސް ނުވީމައި، ވާފިރު އަނދަގޮނޑި ޖަހާފައި (ފުރަގަސް ***) މިލެއްވީ ދަޅެއް. 2 ނަންބަރު ގޮޅީގައި އަނދަގޮނޑި ޖަހާފައި (ފުރަގަސް ***) މިލެއްވީ ދަޅެއް. ދެން އަޅުގަނޑުވެސް ބަކަރިކޮށި ބަންދު ކޮށްލީމައި ނިދަން އައިސް ވަންނައިރު އެތަނުން ކުނިވަސް އަރަނީ. ދެން މި ކުނިވަސް ދަނީ ބޮޑުވަމުން. ދެންމި ކުނިވަސް ދުވާތަނެއް ނޭނގިގެން އުޅެނިކޮށް އިނގިއްޖެ ވާފިރު (ފުރަގަސް ***) ކުނިވެގެން ކަން މި ކުނިވަސް ދުވަނީ. ބެލިއިރު މި ދަޅު މިހުރީ ވާފިރު (ފުރަގަސް ***) ކަނޑާ ވަދެ މަސްއަރާފަ" އިބްރާހިމް ދީދީ ވީޑިއޯގައި ކިޔާދީފައި ވެއެވެ.
އިބްރާހިމް ދީދީ ބުނެފައިވަނީ ވާފިރު ދެން މާލެ ގެންދިޔަ ކަމަށާއި ޑޮކްޓަރު ބުނީ ވާފިރަށް ޓަޓުނަސް ޖެހިފައިވާ ކަމަށެވެ. އެހާ ހިސާބުން ޑޮކްޓަރުވެސް ވަޒީފާއިން ކަނޑާލާފައި ބޭރަށް ފޮނުވާލީ ކަމަށެވެ.
Raees Maumoon ge verikamuge aniyaa. Ibrahim Didi ge dhulun pic.twitter.com/ovrMl8148v
— Mohamed Nasheed (@MohamedNasheed) September 19, 2020
ރައީސް ނަޝީދު ވަނީ އިވާން ނަސީމްގެ މަރާއިއެކު ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހާމަވެގެން ދިޔަކަމަށާއި އެއީ ދިވެހިން އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނަށް މެދުވެރިވި އެއް ސަބަބު ކަމަށެވެ.




ހިޔާލު
އެންމެބޮޑު އަނިޔާވެރިއަކީ ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މީހާ. އެހެންކަމުން އަނިޔާވެރިއަކީ މައުމޫނެއް ނޫން. ތިޔަ ލާދީނީ ނަޝީދު