ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

އަތޮޅުތެރޭގައި މަސައްކަތް ކުރާނެ 206 ސްޕެޝަލިސްޓް ޑޮކަޓަރުން ހޯދަނީ

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް 206 ދިވެހި ސްޕެޝަލިސްޓް ޑޮކަޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީ އިން މިއަދު އިއުލާން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު ގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވާ ކަމަށާއި، މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވަނީ، އެ ސަރވިސް އަށް ބޭނުންވަނީ އެސޯސިއޭޓް /ކޮންސަލްޓަންޓް/ ކޮންސަލްޓަންޓް ސަބް- ސްޕެޝަލިސްޓް އިން މެޑިސިން، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ،  ސަރޖަރީ، ޕީޑިއެޓްރިކްސް، ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ ،ނިއުރޮލޮޖީ، ކާރޑިއޮލޮޖީ، ޕެތެލޮޖީ، ހެމޮޓޮލޮޖީ، ސައިކޭޓްރީ، އީ.އެން.ޓީގެ އިތުރުން ރޭޑިއޮލޮޖީ އަދި ނެފްރޮލޮޖީގެ ދާއިރާއިން ކަމަށެވެ. 

ހެލްތު މިނިސްޓްރީގެ އިއުލާނުގައި 15 ރޭންކެއްގެ ސްޕެޝަލިސްޓް ޑޮކަޓަރުންނަށް ލިބޭނެ މުސާރަ އާއި ޝަރުތުތައް ބަޔާން ކޮށްފައިވާއިރު، އެންމެ މަތީ ރޭންކްގެ ސްޕެޝަލިސްޓް ޑޮކްޓަރަކަށް މުސާރަ އާއި ސާވިލް އެލަވަންސާއި އެކު މަހަކު -/57420 ރުފިޔާ ލިބޭނެއެވެ. އަދި އެންމެ ދަށް ރޭންކްގެ ސްޕެޝަލިސްޓް ޑޮކްޓަރަކަށް މުސާރަ އާއި ސާވިލް އެލަވަންސާއި އެކު މަހަކު -/38010 ރުފިޔާ ލިބޭނެއެވެ.

ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މައުލޫމާތު ވެސް އިއުލާނުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ރީޖަނަލަ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކެވެ. މަދުން ނަމަވެސް ޞިއްޙީ މަރުކަޒުތައްވެސް ހިމެނިފައިވެއެވެ.

މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށެވެ. މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ޖޫން 16 އާއި 2019 ޖުލައި 04 އާ ދެމެދު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއް ގައި ކަމަށް އިއުލާނުގައި ވެއެވެ.

މިއީ ރައީސް ޞާލިހްގެ ސަރުކާރުން މިހައި ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ