އެމެރިކާގެ ނިއުޔޯކު ސްޓޭޓުގެ ގެޔެއްތެރޭ ކުރިއަށްދިޔަ ޕާޓީއެއްގައި މީހަކު ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ދެމީހުން މަރުވެ 14 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ އެ ސްޓޭޓުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ހައުސް ޕާޓީތައް މަނާކޮށްފައިވެސް ވަނިކޮށެވެ. ފުލުހުން ބުނީ ބަޑި ޖެހުމުގެ ރިޕޯޓް ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެތައް ސަތޭކަ ބަޔަކު އެ ގެއިން ނުކުމެގެން އަންނަ ކަމަށެވެ.
ބަޑިޖެހުމުގެ މި ހާދިސާއާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިހާދިސާ ދިނުމަށް މެދުވެރިވި ސަބަބުވެސް އަދި ހޯދިފައި ނުވާކަމަށް ފުލުހުން މައުލޫމާތު އެވެ. މި ހާދިސާގައި މަރުވެފައިވަނީ އަންހެނަކާއި ފިރެހެނެކެވެ. މި ދެމީހުންގެ އުމުރު އުޅެނީ 18 އަހަރާއި 22 އަހަރާއި ދެމެދުގައެވެ.
އަނިޔާވި 14 މީހުންގެ ހާލު ސީރިއަސް ނޫންއިރު މިފަދަ ޕާޓީތައް މިދަނޑިވަޅުގައި ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.




