ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މާލޭ މަގުމަތީ ހަރަކާތްތެރި ވަނީ | ފޮޓޯ: މިހާރު

މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ތަންތަން އިންސްޕެކް ކުރަނީ

ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާއްމު ކޮށްފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް ޢަމަލު ކުރަމުން ގެންދޭތޯ މިއަދުން ފެށިގެން އިންސްޕެކް ކުރެވެމުން ގެންދާނެ ކަމަށް  ހެލްތް އެމެޖެންސީ އޮޕަރޭޝަން ޝެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވާއިރު މިދޔަ ބުރާސްފަތި ދުވަހު މާސް އިންސްޕެކްޝަނެއް މާލެ ސަރަހައްދުގައި ހިންގަން އެޗްޕީއޭ އިން ނިންމާފައިވާ ކަމަށެވެ. އެޗްޕީއޭ އިން މިގޮތައް ނިންމައި މިރޭ ކުރި އިއުލާނުގައި ބުނެފައިވަނީ، މި އިންސްޕެކްޝަނުގައި ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިދަދުން ފެށިގެން އިން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި ފެރީ އަދި ބަސް ފަދަ ތަންތަން ރެންޑަމްކޮށް މާލެ ސަރަހައްދުގައި އިންސްޕެކް ކުރެވެމުން ގެންދާނެ ކަމަށާއި މީގެ ކުރިން 3 ރައުންޑަކަށް އާއްމު ހިދުމަތް ދޭ ތަންތަން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތައް ތޯ ހުރީ ބަލަން ވަނީ އިންސްޕެކްޓް ކުރެވިފައި ކަމަށެވެ.

އިންސްޕެކްޝަންގެ ތެރޭގައި ޕަކްލިކް ޓްރާންސްޕޯޓާއި އޮފީސްތަކުގެ އިތުރަށް އާންމު ހިދުމަތް ދޭ ތަންތަން ވެސް ރެންޑަމްކޮށް ބަލައި ގަވާއިދާއި އުސޫލުތަކާއި އެއްގޮތައް ތޯ ހުރީ ބަލައި، ގަވާއިދާއި ލިލާފު ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފުވާނަމަ ފިޔަވަޅުއެޅުމަށް ހަމަޖެހިފައިވާ އުސޫލުު:

އުސޫލާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރުން
އުސޫލާ ޚިލާފުވާ ދެވަނަ ފަހަރު ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާކުރުން (2ވަނަ ފަހަރު ތަން ބަންދުކުރާނީ 3 ދުވަހަށް)
އުސޫލާއި ޚިލާފައިވާ 3ވަނަ ފަހަރު ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާކުރުން. (3ވަނަ ފަހަރު ތަން ބަންދުކުރާނީ 5ދުވަހަށް)

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މިކަމުގެ މަގްސަދަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައް ހުރިހާ ބޭފުޅުން ސަމާލުކަންދީ ތަންފީޒުކުރެވޭ މިންވަރު ބެލުން ކަމަށާއި އުންމީދު ކުރަނީ އިންސްޕެކްޝަން ޓީމްތައް ދާއިރު ގަވާއިދާއި އެއްގޮތައް ހުރިހާ ތަންތަންވެސް ފެންނާނެ ކަމަށް މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ އެޗްޕީއޭގެ ޓީމަކާއި ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ