ސްޓިކާ ޖޫރިމަނާގެ ސަބަބުން އެތަކެއް ދިވެހި ޒުވާނުން ހުރީ ކައިވެނި ނުކުރެވިފަ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވާއިރ،ު ފުލުހުން ސައިކަލެއްގައި ޕާރކިން ސްޓީކާ ޖަހާ ވީޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި ގޭގެ ދޮރުމަތީ ސައިކަލް ބަހައްޓާފައި ހުއްޓާ ސައިކަލުގައި ސްޓިކާ ޖަހަންވީ ސަބަބެއް ނޭންގުނު ކަމުގައި ވީޑިއޯ ޕޯސްޓް ކުރަމުން އެމީހާ ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ހިނގާ ބިނގާވާ މީހުންނަށް ޚާއްސަ ކުރެވިފައިވާ އަދި އެއްގަމު އުޅަނދު ޕާކް ކުރުން މަނާ ސަރަހައްދެއްގައި ޕާކް ކޮށްފައި ހުރި އުޅަނދެއްގައި ޕާރކިން ސްޓިކަރ ޖަހާފައި ވާނެކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އެ ސަރަހައްދު ތަކަކީ މީގެ ތިން މަސް ކުރިން އެއްގަމު އުޅަނދު ވަނުން މަނާ ސަރަހައްދުތަކެއްކަން އެނގޭގޮތަށް ބޯޑު ޖަހާފައިވާ ސަރަހައްދުތަކެއް ކަމަށާއި އަދި އޭގެ އިތުރުން އެތަންތަނުގައި ޕާކްކުރުން މަނާކަން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަންގާފައި ވާނެކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ޝުޖާއު ރޭ ކުރެއްވި ޓވީޓެއްގައި ވިދާޅުވީ، ދިވެހި ޒުވާނުންގެ ބޮލަށް ޗިޕް ޖަހަން ގެންގުޅުނު ފޯމިއުލާ ދެން ވޯކް ނުކުރާނެ ކަމަށާއި ސްޓީކާ ޖޫރިމަނާގެ ސަބަބުން ދިވެހި އެތަކެއް ޒުވާނުންނެއް މިއަދު ތިބީ ކައިވެނި ނުކުރެވިފައި ކަމަށެވެ.
Dhivehi Zuvaanunge Bolah Chip Jahan MDP gengulhunu formula Dhen work nukuraane.Dhivehi Ethakeh Zuvaanunneh Miadhu Thibee Kaiveni nukurevifa,Sticker Joorimanaa ge Sababun.Ladhuganebala!
— Ibrahim Shujau | ?ⓂⒶⓁⒹⒾⓋⒺⓈ (@shuja3831) September 19, 2020
ޝުޖާއު މިހެން ވިދާޅުވެފައި ވާއިރު ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ޒުވާނުންގެ ސައިކަލް ބުރެއް ވަނީ 28 އޮގަސްޓް 2020 ގައި ބާއްވާފައެވެ. މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ.
އަދި
12 ސެޕްޓެމްބަރު 2020 ގައި އިދިކޮޅު ޒުވާނުން ނިކުމެ ކުރިއަށް ގެންދަންފެށި ސައިކަލު ބުރު ހޫނުވެ ފުލުހުން ނިކުމެ ބައެއް ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ އެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.





2 Responses
Adhi nubalaa thibunaa record akah
ޚަބަރު ލިޔާއިރު ޤާނޫންގައި އޮތް އެއްޗެއް ވެސް ލިޔެލިނަމަ ފުރިހަމަވާނެ، ޤާނޫނުގެ ކޮން މާއްދާ ޢެއްތޯއާއި ޤަވައިދުގެ ކިތައްވަނަ މާއްދާތޯ؟؟؟