ފޮޓޯ: އެމްޓީސީސީ

ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ 10 ޕަސެންޓް ނިމިއްޖެ

ކ. ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 10 ޕަސެންޓް ނިމިއްޖެ ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ވަނީ ނިމިފައި ކަމަށައި އަދި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތުގެ 15 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ޤާއިމުކުރުމާއި، ވެހިކަލް ޕާރކް ކުރާ ތަނެއް ޤާއިމުކުރުމާއި، ވަރކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 8.8 ޑޮލަރުގެ ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 15 ފެބްރުއަރީ 2020 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ