ފޮޓޯ: އައްޑޫ ލައިވް

ޖަލުގައި ބަޑިޖަހަން މައުމޫން އަމުރެއް ނުކުރައްވާ: އިބްރާހިމް ދީދީ

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ދުވަހު މާފުށި ޖަލުގައި  ހަމަނުޖެހުންތަކާ ގުޅިގެން ބަޑި ޖަހަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމުރު ނުކުރައްވާ ކަމަށް ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އަދި  ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވެފައި މިވަނީ، އޭރުގެ ޗީފް އޮފް ކޮމާންޑަރ ރައީސް މައުމޫން އަށް މިކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ ގަނޑިވަޅެއްގައެވެ.

އިބްރާހިމް ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ހާދިސާ ވަނީ ތަހްގީގު ކުރެވިފައި ކަމަށާއި އެ ބަޔާންތައް ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގައި ހުންނާނެ ކަމަށެވެ. އަދި ކުއްވެރިވި މީހުންނަށް ވަނީ އެޅިފައި ކަމަށާއި އެ ދުވަހު ރައީސް މައުމޫން ބަޑިޖަހަން އަމުރު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ، 19 ސެޕްޓެމްބަރ 2020 ވަނަ ދުވަހަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ތަޅައި އަނިޔާކޮށް މަރާލިތާ 17 އަހަރު ފުރޭ ހިތާމަވެރި ދުވަސްކަމަށެވެ.

އަނިޔާވެރި އެއްވެސް ޢަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރެވުނު ޒުވާން އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށްފަހު މަރާލާފައިވާކަމަށާއި، އެއަށްފަހު އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

އަދި އިތުރަށް ބުނީ، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ ބޮޑު ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާ ހިންގާފައިވަނީ ވެސް އެ ޙާދިސާއާ ގުޅިގެންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ