ކަރަންޓީނުގައި ހުރުމުން ރޭޕްގެ މައްސަލައެއްގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.
ހައިކޯޓުން ވިދާޅުވީ، އަނބިމީހާ ރޭޕް ކުރި މައްސަލައިގައި ދައުވާކުރުމަށް މިއަދު ތާވަލު ކުރެވިފައިވާ މައްސަލައެއް ދައުވާ ލިބޭ ފަރާތް ކަރަންޓީނުކޮށްފައި ހުރުމުން ޝަރީއަތް ކެންސަލް ކުރެވިފައިވާ ކަމަށެވެ.
އަނބިމީހާ ރޭޕް ކުރި މައްސަލައިގާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައުވާ ކުރަނީ ގދ. ތިނަދޫ ޖަވާހިރުމާގެ އިބްރާހިމް ޝާހް އަށެވެ.
"އަނބިމީހާ ރޭޕް ކުރި މައްސަލައިގާ، އިބްރާހިމް ޝާހް ގދ ތިނަދޫ ޖަވާހިރުމާގެ ދެކުނު އަށް ދައުވާ ލިބޭ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައުވާ ކުރާ މައްސަލައިގައި މިއަދަށް ތާވަލު ކުރެވުނު މައްސަލަ ކެންސަލްވެފައިވާ ވާހަކަ ދަންނަވަން" ހައިކޯޓުން ވިދާޅުވިއެވެ.
މި މައްސަލަ ކެންސަލްވީ ދައުވާ ލިބޭ އިބްރާހިމް ޝާހު ކަރަންޓީނުކޮށްފައި ހުރުމުން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.