މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ސަރުކާރުން ނިންމައިފިއެވެ.
މިފްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްކޯގެ ހިންގަމުން އަންނަ މައި ކުންފުނި އެސްޓީއޯއިން ބުނެފައިވަނީ، ހަތް އަހަރަށް ފަހުން، ކުރިއަށް އޮތް ތަނުގައި ފްލޯޓިން މެކޭނިސަމް ޕްރައިސައަކަށް މަސް ގަންނަ އަގު ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މި ބަދަލަށް އަމަލުކު ރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށާއި، މި ބަދަލާއެކު މިފްކޯއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ކޭޝްފްލޯ މެނޭޖް ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
އެހެންކަމުން މަސް ގަންނަ އަގު ދޫކޮށްލުމުން ބާޒާރުގައި މަސް ގަންނަ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނެވޭނެ ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.