ތިންމަސް ދުވަހަށްފަހު މިއަދަކީ އޮސްޓްރޭލިއާއިން ދުވާލެއްގެ ތެރޭ ކޮވިޑް-19 އަށް އެންމެ މަދު އަދަދަކަށް މީހުން ޕޮޒިޓިވުވި ދުވަސް ކަން އެގައުމުގެ ކޮވިޑް-19ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން އެގައުމުގެ އެންމެފަހުގެ ކޮވިޑް-19ގެ ތަފާސްހިސާބައް ބަލާ ބީބީސީގައި ރިޕޯޓް ކޮށްފައިވަނީ، މިއަދު އެގައުމުން މުޅި ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 18 ކަމަށާއި މީގެތެރެއިން 14 މީހުން ވިކްޓޯރިއާ ސްޓޭޓުން ޕޮޒިޓިވުވިއިރު ނިއު ސައުތުވޭލްސް އަދި ކުއީންސްލޭންޑް މި ދެ ސްޓޭޓުންކުރެ ކޮންމެ ސްޓޭޓަކުން ދެމީހުން މިބައްޔަށް ޕޮޒިޓިވުވެފައިވާ ކަަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ކޮވިޑް-19 އޮސްޓްރޭލިއާ އިން ފެނުނުފަހުން މިބައްޔަށް މިފަހުން މިހާ މަދު އަދަދަކަށް ޕޮޒިޓިވުވެފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެފަހުން ޕޮޒިޓިވުވި މީހުންގެ އަދަދު މިއަށްވުރެ ދައްވެފައެއް ނުވެއެވެ.
ކޮވިޑް-19 އޮސްޓްރޭލިއާގައި ފެތުރުން ކޮންޓުރޯލް ކުރުމަށް އަދިވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ. މިގޮތުން މިބަލި އެންމެ ބޮޑަށް ފެތުރުނު ވިކްޓޯރިއާ ސްޓޭޓް އަދިވެސް އޮތީ ފުރަބަންދުގައެވެ. މީގެއިތުރުން އޮސްޓްރޭލިއާގެ ވެރިރަށް މެލްބަންގައިވެސްވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.
އޮސްޓްރޭލިއާގެ ކޮވިޑް-19ގެ ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދަކީ 26,898 އެވެ. މިބަލީގައި މިހާތަނަށް އޮސްޓްރޭލިއާއިން 849 މީހުންވަނީ މަރުވެފައެވެ.ާ



