ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންގްލޭންޑްގައި ހަދާފައިވާ ހަރުކަށި އާ ގަވާއިދު ތަކަށް އަމަލު ނުކޮށް ކަރަންޓީނު ވުމާއި ދެކޮޅުހަދާ މީހުން 13،000 ޑޮލަރާއި ހަމައަށް ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ ސެޕްޓެމްބަރ 28 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި އަދި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ މީހުންނަށެވެ.
"ގަވާއިދުތަކަށް އަމަލު ނުކުރާ މީހުން ޖޫރިމަނާ ކުރާނަން" އިންގްލޭންޑް ގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން ބުނެފައިވެއެވެ.
ފުރަތަމަ ފަހަރު ގަވާއިދާއި ހިލާފު ވެއްޖެނަމަ 1،300 ޑޮލަރުން ޖޫރިމަނާ ކުރަން ނިންމާފައިވާއިރު ދެވަނަ ފަހަރަށް ގަވާއިދާއި ހިލާފު ވެއްޖެނަމަ 13،000 ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ.
މިހާރުގެ ގަވާއިދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންނާއި އަދި މި ބަލީގެ އަލާމާތްތައް ހުންނަ މީހުން 10 ދުވަހު ސެލްފް އައިސޮލޭޓް ވާނެ ޖެހެއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވެފައިވާ މީހަކާއި އެކު ނުވަތަ ބަލީގެ އަލާމާތްތައް ހުންނަ މީހަކާއި އެކު ދިރިއުޅޭ ނަމަ އެމީހަކު 14 ދުވަހު ސެލްފް އައިސޮލޭޓް ވާނެ ޖެހެއެވެ.



