ދުންފަތުގެ ޑިއުޓީ ބޮޑުކުރީ ކަނޑައެޅިގެން ވަކިބަޔަކައް މަންފާ ހޯދައިދޭން: މުހައްމަދު އިސްމާއިލް

މިސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކުރީ ކަނޑައެޅިގެން ވަކިބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައިވާއިރު 1 އޮގަސްޓުން ފެށިގެން ރާއްޖޭގައި ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުކޮށްފައިވާއިރު، ބައެއް ވައްތަރުގެ ސިނގިރޭޓް ފޮއްޓެއްގެ އަގު 100 ރުފިޔާއަށް އަރައެވެ.

މުހައްމަދު އިސްމާއިލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުންފަތަކީ ސިއްހަތައް ގެއްލުންހުރި ބާވަތަކައް ވީނަމަވެސް މިސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކުރީ ކަނޑައެޅިގެން ވަކިބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށާއި މަގާމުގެ ނުފޫޒުން ކަންކުރުމުން މިއަދުގެ ދުންފަތުގެ އިސްއުމާލްކުރާ އެކި އުމުރުފުރާގެ ރައްޔިތުންގެހާލު ހާއްސަކޮށް ޒުވާނުންގެ އުދާސްތަ ބޮޑު ކަމަށެވެ.

ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްފައިވާއިރު، ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 25 ޕަސަންޓެވެ. އަދި ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 200 ޕަސެންޓެވެ.

މީގެކުރިން އޮންނަ ގޮތުން ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ ދެ ރުފިޔާއެވެ. ނަމަވެސް މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިއައި ބަދަލާއެކު ސިނގިރޭޓް ވިއްކާ އަގުތައް ބޮޑުވެފައިވާއިރު، އާންމުކޮށް ދިވެހިން ބޭނުންކުރާ ކެމެލް ބްރޭންޑްގެ ސިނގިރޭޓް ފޮއްޓެއް މިހާރު ލިބެނީ 95 ރުފިޔާއަށެވެ. އަދި ބައެއް ފިހާރަތަކުން ލިބެނީ 100 ރުފިޔާއަށެވެ. އެންމެ އަގުހެޔޮ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ވެސް ދެން ލިބޭނީ 85 ރުފިޔާއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ