ކުރެންދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ނިންމާލައިފި

އެމްޑަބްލިޔުއެސްސީން ޅ. ކުރެންދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތުދޭ ގޮޮތުގައި، ޅ. ކުރެންދޫގެ ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތަށް އެ ކުންފުންޏާއި ފެނަކަ ކޯޕަރޭޝަން އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން އެރަށަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ކޮމިޝަން ކުރުމުގެ މަސައްކަތް މިއަދު ނިމޭނެ ކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދިނެވެ.

ކުރެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ 29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 6000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކް އާއި 720 މީޓަރުގެ ޕަންޕިން ލައިން އާއި ދެ ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިން އެއް ވަނީ އިމާރާތް ކޮއްފައެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެރަށުގެ 366 ގެއެއްގެ ޖަންޝަން ބަހައްޓައި، އެގެތަކަށް ނަރުދަމާގެ ކަނެކްޝް ވަނީ ގުޅައިފަ އެވެ. އަދި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ވަނީ ފޯރުކޮށްދީފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ