ކަރަންޓީނުގެ 6 މަސް ދުވަސް ތެރޭގައި 15 އަހަރުގެ ކުއްޖަކު ޤުރުއާން ހިތުދަސްކޮށްފި!

ފަލަސްތީނުގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ޤުރްއާން ހިތުދަސް ކޮށްފިއެވެ. ތަޤްވާ ޒާހިރު ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ޤުރްއާން ހިތުދަސްކޮށްފައިވަނީ ކަރަންޓީނުގެ 6 މަސް ދުވަހުގެ ތެރޭގައެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރާތްތަކުން ކަރަންޓިނުގެ ދުވަސްތަށް ހޭދަކުރަމުން ދަނީ އަމިއްލަ އެކިކަހަލަ މަސައްކަތްތައް ކުރުމުގައެވެ. އެހެން ނަމަވެސް ތަޤްވާ އެނާގެ ކަރަންޓީނުގެ ދުވަސްތަށް ގޭގައި ހޭދަކުރަން ބޭނުންވީ މުޅިން ތަފާތުކޮށެވެ. އޭނާ ބޭނުންވީި ޤުރްއާން ހިތުދަސް ކުރުމަށެވެ. ބުރަ މަސައްކަތާއިއެކު ތަޤްވާ ވަނީ ކަރަންޓިނުގެ 6 މަސް ދުވަހުގެ ތެރޭގައި މުޅި ޤުރުއާން އެއްކޮން ހިތުދަސްކޮށްފައެވެ.

ތަޤްވާ ގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅާމެދު ނުހަނު ބޮޑަށް ފަހުރުވެރިވާ ކަމަށާއި އަދި އިތުރަށް އޭނާ ބުނީ ކޮންމެ ބެލެނިވެރި އަކަށްވެސް ޤުރްއާން ހިތުދަސް ކުރުމުގެ ނަސީބު ހުރި ދަރިން ލިބުމަށް އެދި ދުއާ ކުރާ ކަމަށެވެ.

މިހާރު ތަޤްވާގެ އަމާޒަކީ ޤުރުއާނުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމާއި އުގެނެން ބޭނުންވާ ފަރާތްތަކަށް އުގައްނައިދިނުމެވެ.

މިލިޔުން ކިޔާލުމުން
6431
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ