އިބްރާޙިމް ރަޝޯދު (ބޮންޑޭ) މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މަޖިލިސް

ބަލިމަޑުކަމުން މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައިވެސް އިންސާނުން އުޅުނު ގޮތެއް ނޫން: ބޮންޑޭ

ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން ފައިދާނަގާ މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައި ވެސް އިންސާނުން އުޅުނު ގޮތެއްނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އޭޑީކޭއިން އާންމުކޮށްފައިވާ ޚަރަދުތަކަށް ބަލާލާއިރު، ސާމްޕަލް ނެގުމަށް ބޭނުންކުރާ ‘ތްރޮޑް ސެވްބް’ގެ އަގަކީ 120 ރުފިޔާއެވެ. އަދި މެނުއަލްކޮށް މިމަސައްކަތްކުރާނަމަ 3 ލެބް ޓެކުން މަސައްކަތްކުރާނެއެވެ. މިތިން މީހުންގެ ‘ޕީޕީއޯ ކަވަރއޯލް’ ގެ އަގަކީ 1950 ރުފިޔާއެވެ. 8 ގަޑިއިރުގެ ޝިފްޓެއްގައި 100-200 އާއި ދެމެދުގެ އަދަދަކަށް ސާމްޕަލް ނަގާއިރު، މީގައި ވާގޮތުންނަމަ ކޮންމެ ސާމްޕަލްއަކަށް 13 ރުފިޔާ ޚަރަދު ވާނެއެވެ.

އިބްރާހިމް ރަޝީދު ރޭ ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ 675 ރުފިޔާ ގެ ރޭޓުން ހަދަން ފެއްޓި ކޮވިޑް ޕީސީއާރު ޓެސްޓް 2800 ރުފިޔާ ގެ 200 ޕަސެންޓް ފައިދާ ހުރި ވިޔަފާރިއަކަށް ވަނީ ބަދަލުވެފައި ކަމަށާއި ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން ފައިދާނަގާ މާލީ މަންފާ ހޯދުމަކީ ބޯދާ ޒަމާނުގައި ވެސް އިންސާނުން އުޅުނު ގޮތެއްނޫން ކަމަށެވެ.

"ކޮވިޑް ޕީސީއާރު ޓެސްޓް 200 ޕަސެންޓް ފައިދާވާ މެގަރ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައިރު ލޮލުފިޔަ ނުޖަހާ މެގަރ ޕްރޮފިޓް ހޯދައިދޭން އަދި ބަރާބަރު ވަގުތަށް ފަތުވެރިން ރާއްޖޭން އެނބުރި ގައުމަށް ފުރުވާލަން އެންމެ ބޮޑު އެހީތެރިކަމެއްދޭ ލެބް ކުދިން ގެ މުސާރައަކީ އެންމެ 5610 ރުފިޔާއެވެ" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އިތުރަށް ވިދާޅޫވީ، ފަތުރުވެރިޔާ ރާއްޖޭން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 ގެ ޓެސްޓު ނެގެޓިވް ވެފައިވާ ލިޔުން ތައްޔާރު ކުރުމަށް ކޮންމެ ރިޕޯޓަކަށް 180 ޑޮލަރާ 100 ޑޮލަރާ ދެމެދުގެ ފީއެއް ނަގާ ކަމަށާއި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖޭގައި ތިބި 300 ލެބް ޓެކްނޮލޮޖިސްޓުންނަށް ހައްގުވާ މިންވަރު ދޭންޖެހޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ