..ބ.ދަރަވަންދޫ

ދަރަވަންދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބ. ދަރަވަންދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހެދި ޓެސްޓް ޕޮޒިޓިވް އިއްޔެ ވެފައިވާކަމަށެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، އޭނާ މިހާރުވެސް ހުރީ ހޯމްކަރަންޓީނުގައި ކަމަށާއި، އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

މިވަގުތު ރާއްޖޭގެ 24 ރަށައްގައި އެކްޓިވް ކޭސްތައް ތިބި ކަމަށް އެޗްޕިއޭއިން ވިދާޅުވެފައިވެއެވެ. އެގޮތުން ރަށްރަށުގައި އެކްޓިވް 42 ކޭސް ހިމެނޭއިރު، އޭގެތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ