ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ އިގްތިސޯދު އިނދަ ޖައްސާލައި ހަޒާނާ ދޮވެލުންތޯ؟: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސޯދު އިދަ ޖައްސާލައި، ޚަޒާނާ ދޮވެލުންތޯ؟ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ(އަދުރޭ) ސުވާލުކުރައްވައިފިއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ގިނަ ސިޔާސީ ޕާޓީތަކެއްގެ އެހީތެރި ކަމުގައި ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކުރާތާ ދެ އަހަރުވުމާއި ގުޅިގެންނެވެ.

އަދުރޭ މިރޭ ކުރެއްވި ޓްވީޓެއްގައި ގިނަ ސުވާލުތަކެއް ސަރުކާރަށް އަމާޒު ކުރައްވާފައިވެއެވެ. އަދުރޭ ވިދާޅުވީ، ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސޯދު އިދަ ޖައްސާލުންތޯ؟ޚަޒާނާ ދޮވެލުންތޯ؟ޝަރުަޢީ ނިޒާމް ފުޑާލުންތޯ؟ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުންތޯ؟ޒުވާނުން މަގުމަތި ކުރުންތޯ؟ ނުވަތަ ގައުމު އަޅުވެތި ކުރުންތޯ؟ނޫނީ ވިއްޔާ ރައީސް ޔާމީނަށް ނުޙައްގުން އަނިޔާ ކުރަމުން ގެންދިއުންތޯ؟ ސުވާލު ކުރައްވާފައެވެ.

އިއްޔެއަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަގުތީ އިޢުލާންކުރިތާ ދެ އަހަރު ފުރޭ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން އެދުވަހު އިޢުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ކާމިޔާބުކޮށްފައިވަނީ 134616 ވޯޓާ އެކުގައެވެ. އަދި އިންތިޚާބުގައި ވާދަކުރި ކުރީގެ ރައީސް ޔާމީނަށް ލިބިފައިވަނީ 96132 ވޯޓެވެ.

އެ އިންތިހާބަށް ފަހު މި ސަރުކާރު އެކުލަވައިލެވުނު ފަހުން ސަރުކާރު ހިންގަމުންދަނީ ކޯލިޝަން ޕާޓީތަކުން ބައިވެރިވާ ސަރުކާރެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ