ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު، އަނެއްކާވެސް އަމަލީ މައިދާނަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ ގޮތުގައި ނިކުންނެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި އުފަލެއް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރީގެ ރައީސް ޔާމިންގެ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މި މަޤާމަށް ހަމަޖެއްސިވިކަން ރަސްމީކޮށް އިޢުލާންކޮށްދެއްވީ މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ޝިޔާމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. ޝަހީމް ދުވަސްކޮޅަކަށްފަހު އަނެއްކާވެސް އަމަލީ މައިދާނަށް ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައި ނިކުންނެވުމަކީ ލިބިގެން ދިޔަ ވަރަށްބޮޑު ހިއްވަރަކާއި އުފަލެއް ކަމަށާއި ޑރ ޝަހީމް ބޭރުގައި ހުންނެވި އިރުވެސް ވަރަަށް ބުރަ މަސައްކަތް ރައީސް ޔާމީން އަދި ޕީޕީއެމްގެ ހައްގުގައި ކުރައްވަމުން ގެންދިޔަ ކަމަށެވެ.
ޑރ. ޝަހީމް މީގެ ކުރިން ހުންނެވީ ސައުދީ އަރަބިއްޔާގައެވެ. އެއީ ޖިއްދާގައި ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމުގައެވެ.




