ކުޅުދުއްފުށި ބަނދަރު - ފޮޓޯ: ފެށުން

ކުޅުދުއްފުށިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ކޭސް އެއް ފެނުމާއި ގުޅިގެން މިހާރު އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ މިރޭ ވިދާޅުވީ، ކުޅުދުއްފުށީ ބޯޓެއްގެ ކުރޫއަކު އަލާމާތްތައް ހުރެގެން ޓެސްޓު ކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހެންކަމުން ޕޮޒިޓިވުވި ކުރޫގެ ކޮންޓެކްޓު ޓުރޭޒިން ނިމޭންދެން ކުޅުދުއްފުއްޓާއި އަދި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސް މަނާ ވާނެއެވެ.

ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ