އައްޑޫގައި ކޮވިޑް ސަވައިލަންސް ސާމްޕަލް ނަގަން ފަަށައިފި

އައްޑޫގައި ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެގޮތުން އައްޑޫގެ އެކި ސަރަހައްދުތަކުން 200 އަށް ވުރެ ގިނަ ސާމްޕަލް މިއަދާއި މާދަމާ ނަގާނެ ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައްޑޫގައި ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލް ނަގަން ފަށައިފައި ވީ ނަމަވެސް އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތް ކަމަކަށް އަދި ފާހަގަވެފައެއް ނެތެވެ.

އައްޑުއިން މިހާތަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން ގޮސް ހޯމް ކަރަންޓީނުގައި ހުރި ފަރާތްތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކެވެ.

އަތޮޅުތެރޭގެ 22 ރަށެއްގައި ކޮވިޑް-19ގެ އެކްޓިވް 47 ކޭސް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 22 ރަށެއްގައި 47 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 26 ރިސޯޓަކުން 15 ފަތުރުވެރިންނާއި 30 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނީ، ރޭ 18:00 އިން މިރޭގެ 18:00 އިތުރު 74 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 10،014 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 34 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ