ފޮޓޯ: މަސްވެރިން

ޑީކޯ ޗެމްބަރަކާއެކު ޑައިވިން ސެންޓަރެއް ގައްދޫގައި ހުޅުވައިފި

ޑީކޯ ޗެމްބަރަކާއިއެކު ޑައިވިން ސެންޓަރެއް ގދ. ގައްދޫގައި ހުޅުވައިފިއެވެ.

"އިރާ ޑައިވިން ކްލަބް އެންޑް ވޯޓަރ ސްޕޯޓްސް" ގެ ނަމުގައި ހުޅުވިގެންދިޔަ މި ޑައިވިން ސެންޓަރަކީ ހުވަދު އަތޮޅުގައި ހުޅުވިގެންދިޔަ ފުރަތަމަ ސެންޓަރެވެ.

ސެންޓަރުން ޑައިވިންގެ ތަފާތު ކޯސްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އޮޕަން ވޯޓަރއިން ފެށިގެން މާސްޓަރ އާ ހަމައަށް ޑައިވިންގ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އިރާ ޑައިވިންގ ކްލަބުން "މަސްވެރިން" ނޫހަށް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު މަަސްވެރިންނަށް ހާއްސަކޮށްގެން ހެޔޮއަގެއްގައި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސެންޓަރ ހުޅުވާފައިވަނީ ޑައިވިންގ ކުރަން ބޭނުންވާ ހުރިހާ ސާމާނަކާއި އެކީގައި ކަމަށާއި އަދި ޑައިވިންގ ސާމާނު މަރާމާތު ކުރުމާއި، ވޯޓަރ ސްޕޯޓްސްއަށް ބޭނުންވާ ސާމާނުވެސް މި ސެންޓަރުން ލިބެން ހުންނާނެކަމަށް ސެންޓަރުން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ