އިންޑިއާގެ އަސްކަރީ މަނަވަރު ސުނޭނާ ރާއްޖެ އަތުވެއްޖެ

އިންޑިއާގެ އަސްކަރީ މަނަވަރު "ސުނޭނާ" ރާއްޖެއަތުވެއްޖެއެވެ.

މި މަނަވަރު ރާއްޖެއައިސްފައި ވަނީ މިއަދު އެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ "ސުނޭނާ" ރާއްޖެ އައިސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްއާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ "ޖޮއިންޓް މެރެޓައިމް ސާފޭސް ސަވައިލަންސް ޕެޓްރޯލް" ގައި ބައިވެރިވުމަށް ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ މި ސަވައިލަންސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިންޑިއާގެ ނޭވީ އާއި ގުޅިގެން ކުރިޔަށް ގެންދާ މި ޕޮރޮގްރާމްތައް މީގެ ކުރިންވެސް ވަނީ ރާއްޖޭގައި ކުރިޔަށް ގެންގޮސްފައެވެ. އަދި މި ޕްރޮގްރާމްތަކުގައި ބައިވެރި ވުމަށް އިންޑިއާ ނޭވީ ޝިޕް "ސުނޭނާ" ވެސް ވަނީ މީގެ ކުރިން ރާއްޖެއައިސްފައެވެ.

މި ފަހަރު މި ކުރިޔަށް ގެންދަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 70 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއްކަމަށާއި މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު ކަމަށެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް ސުނޭނާ ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 4 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
218
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ