މެދުރާއްޖެތެރެ މިރޭ ދަންވަރު ވައިޓް އެލާޓުގައި

މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، މިރޭ 23:00 އިން އިން ފެށިގެން މެންދަމު 03:00 އާ ދެމެދުގެ ވަގުތުތަކުގައި ކ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެކިފަހަރު މަތިން މިއަދުވަނީ ޔެލޯ އެލާޓްނެރެފައެވެ. ހަވީރު 04:00 އިން ފެށިގެންވެސް ޔެލޯ އެލާޓްަގއި އޮތް މެދުރާއްޖެތެރެ މިރޭ ހުދު އެލާޓަށް ބަދަލުކޮށް، އެލާޓްގެ ދަރަޖަށްމިވަނީ ދަށްކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖެގެ އެކިހިސާބަަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެން ވާ ކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯ ކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ