ރ. ކިނޮޅަހުގައި އިމާރާތް ކުރާ އިންޖީނުގޭގެ 40 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ކިނޮޅަހުގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުގެ އަކީ ރަށު ތެރޭގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިމާރާތަކަށް ވުމުން އެރަށުގެ ރައްޔިތުންނަށް އަންނަނީ އެކަމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެކަމަށް ހައްލު ހޯދައި ދިނުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން މިހާރު ވަނީ މީހުން ދިރިނޫޅޭ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ ހަލުވިކަމާއެކު ކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކިނޮޅަހުގައި އިމާރާތް ކުރެވެމުންދާ އައު އިންޖީނުގޭގެ އިމާރާތުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރ. ކިނޮޅަސް އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ %40 ވަނީ ފުރިހަމަ ކުރެވިފައި.
މިމަޝްރޫޢުގެ އެއްބަސްވުމުގައި މިކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 4 މާރޗް 2020 ގައި. #ޓީމްފެނަކަ pic.twitter.com/zLjGooUV5a— Fenaka Corporation Ltd (@TeamFenaka) September 26, 2020
މިމަޝްރޫޢުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެވިފައިވަނީ 4 މާރޗް 2020 ގައި ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.