މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ، ހަސަން ލަތީފް ހޯމް ކަރަންޓީނުގައި

އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ މަންމާފުޅު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނަގެ މަންމަ ކޮވިޑް-19 އަށް ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށާއި، އަދި މަންމަ މިވަގުތު ހުރީ އައިސޮލޭޝަން ފެސިލިޓީގައިކަމަށެވެ.

ހަސަން ލަތީފަކީ އޭނަގެ މަންމަގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުން، މިވަގުތު މިހުރީ ހޯމްކަރަންޓީނުގައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ނަމަވެސް ހަސަން ލަތީފް ކޮވިޑަށް ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވްނުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަންގެ މަންމަ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އާއްމުފަރާތްތަކުންނާއި، އިސްފަރާތްތަކުން ހަސަންގެ މަންމައަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވާފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުގައި ފެތުރެމުންއައިނަމަވެސް، މިހާރު އަންނަނީ މިއަދަދު ދައްވަމުންނެވެ.

ރާއްޖެއިން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 8.847 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ83 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 34 މީހަކު ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ