ހދ. ކުރިނބީގައި އެޅި ފުޓްސަލް ދަނޑު - ފޮޓޯ: ކުރިނބީ ކައުންސިލް

މިނިސްޓަރުގެ ވަޢުދާ އެއްގޮތަށް ކުރިނބީ ފުޓްސަލް ދަނޑު ނިންމާލައިފި

ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވަޢުދުވެވަޑައިގެންނެވި ގޮތަށް ހދ. ކުރިނބީ ގެ ފުޓްސަލް ދަނޑު އަޅާ ނިންމައިފިއެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް މި ނޫހަށް ވިދާޅުވީ ކުރިނބީ ގައި އަޅަންފެށި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ދަނޑު ކައުންސިލާއި ހަވާލު ކޮށްފައި ވަނީ މިއަދުކަމަށާއި އަދި ކައުންސިލްގެ ފަރާތުން ދަނޑު ބަލާ ޗެކްކޮށް ދަނޑާއި ހަވާލުވެފައި ވާކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ފުޓްސަލް ދަނޑު ހުޅުވުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތަކާ މެދު ޔޫތް މިނިސްޓްރީއާއި މަޝްވަރާ ކުރަމުންދާކަމުގައި އަފްރާޙްވަނީ ވިދާޅުވެފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި ދަނޑުގައި ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށް  މަސައްކަތް ކުރަމުންދާކަމުގައިވެސް އަފްރާޙް ވިދަޅުވެފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިނބީގައި އަޅަންފެށި ފުޓް ސަލްދަނޑުގެ މަސައްކަތް ވެރިކަން ބަދަލުވުމާއި ގުޅިގެން އޮތީ ހުއްޓިފައެވެ. އޭރު ކުރިނބީގައި އަޅަމުން ދިޔައީ އެންމެ ކުޑަ ސައިޒްގެ ދަނޑެކެވެ. ދަނޑުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ވައިކަރަދޫ ދައިރާގެ މަޖިލިސް ކެމްޕެއިންއަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރިނބީއަށް ވަޑައިގެން ވަނީ ކުރިނބީ ފުޓް ސަލް ދަނޑު ޒުވާނުން އެންމެ ބެނުންވާނެ ގޮތަށް ބޮޑު ސައިޒްގެ ދަނޑަކަށް ބަދަލުކޮށް ދަނޑުގެ މަސައްކަތް ނިންމަދޭނެ ކަމަށް ވަޢުދުވެފައެވެ.

Kurinbee futsal dhandu nimmaa contractor vanee miadhu councilaa dhandu havaalukohffa.28 September 2020 ( 14:00 hr )

Posted by Kurin'bi Council on Monday, 28 September 2020

މަހްލޫފް ވަޢުދުވެވަޑައިގެންނެވި ގޮތަށް ދަނޑުގެ މަސައްކަތް އަލުންކުރުމަށް ހާވިލާ ކާޕެންޓަރީ އެންޑް ކޮންސްޓަރަކްޝަންއާއި ހަވާލުކޮށްފައި ވަނީ 25 ނޮވެންބަރު 2019 ގައެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ މަސައްކަތު ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން ބަނދު ދުވަސްތައް ނުހިމަނާ 118 ދުވަހުން ނިންމާ ގޮތަށް 1،387،841 ރުފިޔާ އަށެވެ. މި ދަނޑުގެ މަސައްކަތުގެ ސްޕީޑަށް ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އަސަރުކުރި ނަމަވެސް، ކޮންސްޓްރަކްޝަންގެ ދާއިރާގައި ކުރިއަރަމުން އަންނަ "ހާވިލާ ކޮންސްޓްރަކްޝަނުން" ވަނީ ފުރިހަމަކަމާއެކު ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ