މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން (ރ. އަތޮޅު ކައުންސިލް) މިދައުރު ފެށުނު ފަހުން ބާއްވަމުން އަންނަ އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގައި ބައްދަލުކުރަނީ ރ. އިނގުރައިދޫ އަދި ދުވާފަރެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އިއްޔެ ކުޅެ ނިމިފައިވާއިރު، އިނގުރައިދޫއިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ 12 - 06 އިން ރަަސްމާދޫ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރ. ފުވާފަރުން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގައި 02 - 00 އިން ރ. އަލިފުށި ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ.
ޗެމްޕިއަން ޓީމަށް 30،000ރ ގެ ފައިސާގެ އިނާމް އަދި ރަނަރ-އަޕް ޓީމަށް 20،000 ދިނުމަށް ހަމަޖެހިފައިވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް 2023 ޑިސެމްބަރު 29 ވާ ހުކުރު ދުވަހުގެ ހަވީރު ރ. އިންނަމާދޫގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗަށް އިންނަމާދޫ ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމުގައި އިންނަމާދޫ ކައުންސިލާއި މުއައްސަސާތަކާއި ރަށުގެ އެންމެހައި ރައްޔިތުން ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ރ.އަތޮޅު ކައުންސިލުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައެވެ.