މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ.މިލަންދޫ ޕޮލިސް ސަޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، 21 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ.
"ށ.މިލަންދޫ ޕޮލިސް ސްޓޭޝަނުން 2019 މެއި 27 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅާފައިހުރި 2 ރަބަރު ޕެކެޓާއި، 1 ޔެތޮ ބިޑިއާއެކު 21 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވޭ." ފުލުހުން މިރޭ ވިދާޅުވިއެވެ.
Sh.Milandhoo Police Station in 27 May 2019 vana dhuvahu kuriah gendhiya operation eggai masthuvaathakethi kamah belevey ehcheh huri 2 rabaru packet aai 1 theyo bidi aai eku 21 aharuge firiheneh fuluhunge belumuge dhashah genevifaivey. Mi massala fuluhun dhany thahqeeq kuramun
— Maldives Police (@PoliceMv) May 27, 2019
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނާގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމަށްވެސް އެ ސަރވިސް އިން ވިދާޅުވިއެވެ.