ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

ކުޅުދުއްފުށި މޮނިޓަރިންއިން ނަގައިިފި

ހދ. ކުޅުދުއްފުށި މޮނިޓަރިންއިން ނަގައިިފިއެވެ.

ކުޅުދުއްފުށީގެ މޮނިޓަރިންއަށް ލާފައިވަނީ 25 ސެޕްޓެމްބަރ 2020 ،20:45ގައެވެ. އަދި މޮނިޓަރިންގ އުވާލާފައިވަނީ 28 ސެޕްޓެމްބަރ 2020 20:48 ގައެވެ.

ކުޅުދުއްފުށީގެ މޮނިޓަރިން އުވާލެވޭ ސަބަބެއްކަމުގައި އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުންކަމަށެވެ.

ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި މިކޭސް ނެގި ސާމްޕަލްތަކުން އެ ބޯޓުގެ އިތުރު ދެ ފަޅުވެރިޔަކުވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެފަހުން ޕޮޒިޓިވްވި ފަޅުވެރިއެއްގެ ޑައިރެކްޓް ކޮންޓެއްޓެއް ކޮވިޑަށް ޕޮޒިޓިވްވިއެވެ.

މިރޭ 20:48 އިން ފެށިގެން މޮނިޓަރިންގގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ދާވޫދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާާޅުވީ ފާޅު ބޯޓު ކޭސްއާއި ގުޅިގެން ކުޅުދުއްފުށިން ރޭ ނެގި ޑައިރެކްޓް ކޮންޓެކްޓްސްގެ 16 ސާމްޕަލް ނެގެޓިވް ވެފައިވާކަމާއި ނޮޅިވަރަމުން ނެގި 1 ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ