ރައީސް މުޙައްމަދު ނަޝީދު - ފޮޓޯ: މިހާރު

އަމާޒަކަށް ވާންވީ ސަރުކާރުގެ ވައުދުތައް ފުއްދުން - ރައީސް ނަޝީދު

އެމްޑީޕީގެ ހުރިހާ ފަރާތްތަކުންވެސް އަމާޒު ހިއްޕަވަންވީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް، މަޖިލީހުގެ ރައީސް ކަމަށް ހުށަހެޅުމަށް ޕާސްކޮށްފައިވާ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު ގެންނަވަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ އިއްތިފާޤުން ފާސްކުރެއްވުމާ ގުޅިގެން މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ބޭފުޅުންގެވެސް އަމާޒަކަށް ވާންވާނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އަޅުގަނޑުމެން އެންމެނަށް އެކުގައި ކުރެވެންހުރި ކަންތައްތައް ކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މި ނިންމުން ނިންމެވިއިރު ރައީސް ޞޯލިޙްއާވެސް މަޝްވަރާކުރައްވާފައިވާ ކަމަށާއި، އެންމެން އެކީގައިތިބެ، ސާބިތުކަމާ ސަރުކާރާއެކު ކުރިއަށް ވަޑައިގެންނެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިނގާނީ، ވާދަވެރި ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމްތަކުގައި މަޖިލިސް ހިނގާ އުޞޫލުން ދިވެހރާއްޖޭގެ ޤާނޫނު އަސާސީއާއި މާތްވެގެންވާ އިސްލާމް ދީނާ ޚިލާފު ނުވާގޮތަކަށެވެ.

މީގެ އިތުރުން މަޖިލިސް ރައީސަކު ހޮވުމަށް ކުރެވުނު ފޯރިގަދަ ކެމްޕޭނުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއާއި ރައީސް ނަޝީދުއާ އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އެއްވެސް މިންވަރަކަށް ހީނަރުނުވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ