އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މާލެ ފިޔަވާ ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާއިރު، ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ދިރިއުޅޭ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީ ނެރެފި އެވެ.
ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީގައި ބުނެފައިވަނީ ގެސްޓްތައް ހުޅުވުމުން ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން ޖެހޭނެ ކަމަށާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައިވެސް މާސްކު އަޅަން ލާޒިމް ވާނެ ކަމަށެވެ.
މި އުސޫލުގެ ދަށުން ކަރަންޓީންވާން ޖެހޭނެ ދާއިރާ ތަކުގެ ގޮތުގައި ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށަކުން ގެސްތްހައުސް އޮޕަރޭޓް ނުކުރާ އެހެން ރަށަކަށް ދާ މީހުން ކަރަންޓީންވުން ހިމަނައިފައި ވެއެވެ. ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން މިފަދަ ރައްތަކަށް ކަރަންތީނު ވާން ނުޖެހޭގޮތައް ދެވެއެވެ. އަދި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ހިންގާ ރަށަކަށް ދިޔަކަމުގައި ވިޔަސް ކަރަންޓީނު ވާކަށް ނުޖެއެވެ.
ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީ ގައި ބުނެފައިވާ ގޮތުގައި ގޮތުގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް އެއްވެސް ފަތުރުވެރިންނަކަށް ނުދެވޭނެއެވެ. ރިސޯޓްތަކަށް އެ ފަތުރުވެރިންނަށް ދަތުރުކުރެވޭނެ އެވެ. އެހެން ނަމަވެސް ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ސަފާރީތަކަށް ދަތުރުކުރުން މަނާވާނެ އެވެ.
ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ވެކްސިނެއް އުފެއްދިފައި ނުވާއިރު މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް މުޅި ދުނިޔޭގައިވެސް އަމަލުކުރާ “ބެސްޓް ޕުރެކްޓިސް” އަކީ ބަލި އުޅެދާނެ ކަމަށް ބެލެވޭ ރަށަކުން އަންނަ ފަރާތްތައް ކަރަންޓީން ކުރުމެވެ. މިގޮތައް ކަރަންޓީން ކުރާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ.




ހިޔާލު
Viyfaari veringe foobudah vettigen gaumu hingumuge visnun dhookolla.rayyathumeeha hama ekani rayyithu meehaa akee vote banduga faahaga jahan thibi bayegge gothuga dhekigen gaumu hingan dhimaakurumaky feali bunan yageen