ސެނިޓައިޒް ކުރަން ބޭނުން ކުރާ ދެ ޓްރަކް ޔޫއޭއީ އިން ހަދިޔާކޮށްފި

ސެނިޓައިޒް ކުރަން ބޭނުން ކުރާ ދެ ޓްރަކް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޔޫއޭއީއިން މި ދެ ޓްރަކް ހަދިޔާ ކުރުމާ ގުޅިގެން ޔޫއޭއީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ. އެގޮތުން ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫއޭއިން ހަދިޔާކުރި މިޓްރަކާއެކު ކޮވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކަމެއް ލިބިގެންދާނެކަމަށެވެ.

ކޮވިޑް-19ގެ މިދަނޑިވަޅުގައި ޔޫއޭއީން މީގެކުރިންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެއެވެ. އެގޮތުން ޔޫއޭއިން ވަނީ ފަސް މިލިއަން ޑޮލަރުގެ އަގު ހުރި މެޑިކަލް އިކުއިޕްމަންޓްސް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ކޮވިޑާއި ދެކޮޅަށް ރާއްޖެ ކުރަމުންދާ މިމަސައްކަތަށް ޔޫއޭއީގެ އިތުރުން ދުނިޔޭގެ އެތަށް ޤައުމަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖެއިން މިހާތަނަށް 10157 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި ރާއްޖެއިން 34 މީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ