ހދ. ނެއްލައިދޫގަައި ދިރިިއުޅޭ ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފިއެވެ.
ނެއްލައިދޫގައި ހިންގާ "ނެއްލައިދޫ އަމީގޯ އޮފް ޔޫތު" ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ނެއްލައިދޫ ސްކޫލްގައި މި ރޯދަވީއްލުން ބާއްވާފައިވަނީ އިއްޔެއެވެ.
އެ ޖަމިއްޔާގެ މުވައްސިސް މުހައްމަދު އަލީފް ވިދާޅުވީ މިއީ ނެއްލައިދޫގައި ދިރިއުޅޭ ބިދޭސީން އެއްތަނަކުން ބައްދަލުވެ ހާލު އަހުވާލި އަހައި އެއް ސުފުރާ މަތިން ކާލަން ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި ރޯދަ ވީއްލުމެއް ކަމަށެވެ.
ބިދޭސީންވެސް އުޅެނީ އެމީހުންގެ އާއިލާތަކާ ވަރަށް ދުރުގައި ކަމަށާއި، އެމީހުން ގޯސްކަމެއް ނުކުރާހާ ހިނދަކު ރާއްޖޭގައި އުފަލުގައި ދިރިއުޅެވޭނެގޮތް ހަދަން ޖެހޭ ކަމަށް އލީފް ވިދާޅުވިއެވެ. އަދި އެ ޖަމްއިއްޔާގެ މި ރޯދަވީއްލުމަކީ މުސްލިމުންގެ ރިވެތި އުސޫލުތައް އާލާ ކުރަން




