ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ ބިދޭސީއަކު ފިލައިފި

އިމިގްރޭޝަން ޤާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ ބިދޭސީއަކު އެތަނުން ފިލައިފިއެވެ.

އަސަނަރ ނަމަކަށް ކިޔާ ބަންގުލަދޭޝް އަށް ނިސްބަތްވާ މި މީހާ އެސެންޓަރުން ފިލައިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މިރޭ ވިދާޅުވީ، "ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ އަސަނަރ (ބަންގްލަދޭސް.. 32އަހަރު) ވަނީ އެސެންޓަރުން މިރޭ 19:27 ހާއިރު ފިލާފައެވެ. މީނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިގެންދަނީ ކުރަމުން" ކަމަށެވެ.

މީނާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކަރެކްޝަނަލް ސަރވިސްގެ ނަންބަރު 9886125ށް ރިޕޯޓުކޮށް ދިނުމަށް އެ ސާރވިސް އިންވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ